ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނަސްރީނާ އިބްރާހިމް

މެޑަމް ނަސްރީނާ އިބްރާހިމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އާއިލާއިން ވަނީ އެކަން އަވަސްއަށް ޔަގީން ކޮށްދެއްވާފައެވެ. ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ގޭގައި ދިރިއުޅޭ އެހެން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަމަނާވެސް ކޮވިޑަށް ޓެސްޓް ކުރެއްވުމުންނެވެ. ރައީސް މައުމޫންވެސް ކޮވިޑަށް ޓެސްޓް ކުރެއްވިއެވެ. އެމަނިކުފާނުގެ ނަތީޖާ ނެގެޓިވްއެވެ.

ރައީސް މައުމޫނާއި ނަސްރީނާ ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒްވެސް ޖައްސަވާފައެވެ. ކޮވިޑަށް ޕޮޒިޓިވްވީ ނަމަވެސް ނަސްރީނާގެ ހާލުކޮޅު ރަނގަޅެވެ. އަދި އެކަމަނާ ހުންނެވީ ގެކޮޅުގައެވެ.

އޮގަސްޓް 25، 2020 ގައި ރަައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދީފައިވެއެވެ. ކޮވިޑުން މުޅީން ރަނގަޅުވެ އެނބުރި ގެއަށް ވަޑައިގެންނެވީ ސެޕްޓެންބަރު 14، 2020 ގައެވެ.

މެޑަމް ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެތައް ބަޔަކު ދަނީ އެކަމަނާއަށް ހެޔޮ އެދުމުގެ ޝުއޫރުތަކާއެކު އަވަސް ޝިފާއަކަށް އެދިވަޑައިގެން މެސެޖް ފޮނުއްވަމުންނެވެ.