ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނަސްރީނާ އިބްރާހިމް

ނަސްރީނާގެ ހާލު ރަނގަޅު: މައުމޫން

ކޮވިޑް-19 އަށް ޕޮޒިޓިވްވީ ނަަމަވެސް އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ހާލުކޮޅު ރަނގަޅު ކަމަށް ފިިރިކަލުން އަަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މެޑަމް ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ ހުކުރު ދުވަހުގެ ރެ އެވެ. ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ގޭގައި ދިރިއުޅޭ އެހެން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަމަނާވެސް ކޮވިޑަށް ޓެސްޓް ކުރެއްވުމުންނެވެ. ރައީސް މައުމޫންވެސް ކޮވިޑަށް ޓެސްޓް ކުރެއްވިއެވެ. އެމަނިކުފާނުގެ ނަތީޖާ ނެގެޓިވްއެވެ.

ނަސްރީނާގެ ހާލުކޮޅާ ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ އެކަމަނާގެ ހާލުކޮޅު ރަނގަޅު ކަމަަށެވެ. އަދި ހުންނެވީ ގޭގައި ކަމަަށް ވިދާޅުވިއެވެ. އެކަމަނާއަށް ހެޔޮއެދުމުގެ ތަހުނިޔާ ފޮނުއްވާ އާންމުންނަށް ޝުކުރުއަދާކުރައްވާ ރައީސް މައުމޫން ވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދާ އެންމެނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ރައީސް މައުމޫނާއި ނަސްރީނާ ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒްވެސް ޖައްސަވާފައެވެ. ކޮވިޑަށް ޕޮޒިޓިވްވީ ނަމަވެސް ނަސްރީނާގެ ހާލުކޮޅު ރަނގަޅެވެ. އަދި އެކަމަނާ ހުންނެވީ ގެކޮޅުގައެވެ.

އޮގަސްޓް 25، 2020 ގައި ރަައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދީފައިވެއެވެ. ކޮވިޑުން މުޅީން ރަނގަޅުވެ އެނބުރި ގެއަށް ވަޑައިގެންނެވީ ސެޕްޓެންބަރު 14، 2020 ގައެވެ.