ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަލަތު ދަރިފުޅު ލިބުނުތާ އަށް ދުވަސް ފަހުން ކޮވިޑް ބަލީގައި މަންމަ މަރުވެއްޖެ

Jun 12, 2021
4

ކޮވިޑް 19 ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 25 އަހަރުގެ ޒުވާން އަންހެނަކު މަރުވެއްޖެ އެވެ.

އަންހެން މީހާ މަރުވީ އަލަތު ދަރިފުޅު ލިބުނުތާ އަށް ދުވަސް ފަހުން މިއަދު ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.

މަރުވީ ޒުވާނާ އަށް ކޮވިޑް ޖެހުނީ ވިހަން ވަރަށް ކައިރިވެފައި ވަނިކޮށް އޭނާގެ ރަށުގައި ހުއްޓަ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސް ވާތީ މާލެ ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ދަރިފުޅު ނެގީ ސިޒޭރިއަން ހަދައިގެންނެވެ. މިއީ މަރުވި މީހާގެ އަލަތު ދަރިފުޅެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް މަރުވި އެންމެ ހަގު ކުއްޖާގެ އުމުރަކީ 10 އަހަރެވެ.

ކޮވިޑް ބަލީގައި މިއަދު މަރުވި ދެ މީހުންނާ އެކު މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 194 އަށް އަރާފަ އެވެ