ނަރުދޫ

ނަރުދޫގައި ދެ ފާރެއްގެ ދޭތެރޭގައި ތާށިވި ކުއްޖަކު ސަލާމަތްކޮށްފި

Jun 12, 2021
ކުޑަ ކުއްޖާ ގޯޅީގައި ތާށިވެފައި. އަދި އެކުއްޖާ ސަލާމަތް ކުރަން ބަޔަކު މަސައްކަތް ކުރަނީ
50%
25%
25%

ށ. ނަރުދޫގައި ދެ ފާރެއްގެ ދޭތެރެއަށް ވަދެ ތާށިވި ހަތަރު އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފި އެވެ.

ނަރުދޫ ކައުންސިލް މެމްބަރު ސަލާމާ މުހައްމަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު މެންދުރުފަހު 1:10 ހާއިރު ތިން ކުއްޖަކު ކުޅެން އުޅުމުގެ ތެރޭގައި ދެ ފާރެއްގެ ދޭތެރެއަށް އެ ކުދިން ވަތް ކަމަށެވެ. ނަމަވެސް އެއް ކުއްޖަކު ތާށިވީ އެވެ. އަނެއް ދެ ކުދިންނަށް މާބޮޑު އުދަގުލަކާ ނުލައި އެ ތަނުން ނިކުމެވުނެވެ.

ކުއްޖާ ދެ ފާރު ދޭތެރޭ ތާށިވެފައި

"ދެ ފާރު ރާނާފައި ހުރި ގޮތުން ބޭރަށް ފެންނަ ހިސާބުން ހުންނަނީ ފުޅާކޮށް އަދި އެތެރެއަށް ވަދެވޭ ގޮތަށް. އެތެރެއަށް ވަދެގެންދާ ވަރަކަށް ފާރުގެ ނިމޭކޮޅަށް ހަނިވާ ގޮތަށް މި ހުންނަނީ،" ސަލާމާ ވިދާޅުވި އެވެ.

ކުއްޖާ ތާށިވި ދެ ފާރުގެ ދޭތެރޭގެ ފުޅާމިނުގައި ހުރީ ފޫޓެއްގެ ފުޅާމިނެވެ.

ކުއްޖާ ނެރެން ތަޅައިލި ފާރު

ތާށިވި ކުއްޖާ އެތަނުން ނެރުނީ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ފާރު ތަޅާލައިގެންނެވެ. ތަޅާލި ފާރަކީ ގެއެއްގެ ކޮޓަރިއެއްގެ އެއް ބިތެވެ.

ދެފާރުގެ ދޭތެރޭގައި ތާށިވި ކުއްޖާ އަށް ވެސް މި ހާދިސާގައި އެއްވެސް ގެއްލުމެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910