ދުނިޔެ

"މި ތިބީ ދެރައީސުންގެ އިންތިޒާރުގައި"

ސްވިޒަލޭންޑްގައި ޕޫޓިންއާ ބައިޑަން ބައްދަލު ކުރެއްވުމަކީ ގައުމަށް ބޮޑު ފަހުރެއް ކަމަށް ވިދާޅުވެ ދެ ރައީސުންގެ އިންތިޒާރުގައި ސްވިޒަލޭންޑް އޮތް ކަމަށް އެ ގައުމުގެ ރައީސް ގީ ޕަރުމުލަން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން މި މަހު 16 ގައި، ސްވިޒަލޭޑްންގެ ޖެނީވާގައި ބައްދަލު ކުރައްވާ ގޮތަށް އޮތީ ތާވަލު ކުރެވިފަ އެވެ. އެމެރިކާއާ ރަޝިއާ އޮފިޝަލުން މިހާރު ގެންދަވަނީ މި ބައްދަލުވުމަށް ތައްޔާރު ވަމުންނެވެ.

"ސްވިޒަލޭންޑަކީ ރަޝިއާ އަދި އެމެރިކާއާ ވެސް ވަރަށް ގާތް ގައުމެއް،" ރައީސް ގީ ޕަރުމުލަން ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ދެ ރައީސުން ސްވިޒަލޭންޑަށް ވައިޑައިގަތުމަކީ އެއްވެސް ކަމަކަށް ވުރެ އުފާވެރި ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ދެ ރައީސުންގެ ބައްދަލުވުން ފަސޭހަ ކޮށްދެއްވުމަށް ސްވިޒަލޭންޑުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ އެވެ.

ބައިޑަންއާ ޕޫޓިން ބައްދަލު ކުރައްވައި ދެ ގައުމުގެ ހިޔާލު އެއްގޮތް ކުރަން މަސައްކަތް ކުރައްވާނެ އެވެ. ދެ ގައުމުގެ ޝައުރުވެރިކަން ކަފިވެފައި ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް އެކުލަވައިލަން ވެސް މަސައްކަތް ކުރައްވާނެ އެވެ.

ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ މައުލޫތަކުގެ ތެރޭގައި ހަތިޔާރު ކޮންޓްރޯލް ކުރުމާއި ނޯޑްސްޓްރީމް 2 ގޭސް ޕައިޕްލައިނާއި އަދި ޔުކްރޭންގެ މައްސަލަތައް ހިމެނެ އެވެ.