މާލޭ ސިޓީ ކައުންސިލް

ހިސާނު ބިލަށް މާލެ ސިޓީ ކައުންސިލް ދެކޮޅު ހަދައިފި

ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި "ހިސާނު ބިލު" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ބިލާ ދެކޮޅަށް މާލެ ސިޓީ ކައުންސިލުން ތެދުވެއްޖެ އެވެ.

ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަކީ ސަރުކާރުން ހުށަހަޅައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ސްޕޮންސާ ކުރައްވަފައިވާ ބިލެކެވެ.

އެ ބިލްގައި ވަނީ އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅަޅަން ހުށަހަޅާފަ އެވެ.
އެ ބިލާއި ދެކޮޅަށް މާލެ ސިޓީ ކައުންސިލްގައި ތިއްބަވާ ޕީޕީއެމްގެ 13 ކައުންސިލަރަކު ސޮއި ކުރައްވާ މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެ ބިލު މިހާރު އޮތް ގޮތުން އިސްލާމް ދީނަށާއި މާތް ރަސޫލާއަށް ފުރައްސާރަ ކުރާ މީހުނާއި ދެކޮޅަށް ވާހަކަ ދައްކާ މީހުން ކުށްވެރިކޮށް އަދަބު ދިނުމަކީ އިސްލާމްދީނަށް އިހާނެތިކޮށް ހިތުން ކަމަށެވެ.

ފާޑުކިޔުންތައް އޮތް "ހިސާން ބިލަ" ކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ހިލާފު ބިލެއް ކަމަށް ކައުންސިލަރުންނަށް ފެނި ވަޑައިގަންނަވާ ކަމަށް ވެސް ބަޔާނުގައި އެ ފާހަގަ ކުރައްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިހާރު އޮތް ބިލް ފާސް ނުކުރަން ވެސް މި ބަޔާނުގައި މަޖިލިސް މެންބަރުންނަށް ގޮވާލާފައި ވެއެވެ.