ވިޔަފާރި

ކުރުނބާ އާއި ޕެރަޑައިސްއަށް ޝަރަފުވެރި ދެ އެވޯޑް

Nov 14, 2015
  • ޕެރަޑައިސް އައިލެންޑް ރިސޯޓަށް ލިބުނީ ލަގްޒަރީ ވޯޓާ ވިލާ އެވޯޑް
  • ކުރުނބާއަށް ލިބުނީ "ބެސްޓް އޯލް އެކްސްކްލޫސިވް ރިސޯޓް އެވޯޑް

ރާއްޖޭގެ ކުރުނބާ އައިލެންޑް ރިސޯޓަށް ޓްރިޕް އެޑްވައިޒަރީގެ "ބެސްޓް އޯލް އެކްސްކްލޫސިވް ރިސޯޓް" އަދި ޕެރަޑައިސް އައިލެންޑް ރިސޯޓަށް ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްގެ "ލަގްޒަރީ ވޯޓާ ވިލާ އެވޯޑް" ލިބިއްޖެ އެވެ.

ޓޫރިޒަމް ދާއިރާގައި ދެމުން ގެންދާ ޝަރަފުވެރި މި ދެ އެވޯޑު ރާއްޖޭގެ ދެ ރިސޯޓަށް ދީފައިވަނީ ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައި އެގޮތުން އެމެރިކާގެ މަޝްހޫރު ބުކިން ވެބްސައިޓް ޓްރިޕް އެޑްވައިޒަރީން ދެމުން ގެންދާ އެވޯޑު ކުރުނބާއަށް ލިބިފައިވަނީ އެ ވެބްސައިޓްގެ ގިނަ އަދަދެއްގެ ކިޔުންތެރިންގެ ވޯޓާއެކުގަ އެވެ. މި އެވޯޑް ކުރުނބާއަށް ލިބިފައިވަނީ ދުނިޔޭގެ އެންމެ މަގުބޫލު އޯލް އިންކްލޫސިވް 25 ރިސޯޓާ ވާދަކޮށްގެންނެވެ.

އިނގިރޭސި ކުންފުންޏަކުން ދެމުން ގެންދާ ލަގްޒަރީ އެވޯޓާ ޕެރަޑައިޒް އައިލެންޑް ރިސޯޓުގެ ފަރާތުން ހަވާލުވީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް އެވެ.

ރާއްޖޭގެ ރިސޯޓުތަކަށް މިއަަހަރު ވަނީ މިފަދަ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ.