އެމްއެންޑީއެފް

މިއުޒިކަލް ޑްރިލް ޑިސްޕްލޭ ހުޅުމާލޭގައި ވެސް ބާއްވައިފި

Nov 14, 2015
2

އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި މިއަދު ހަވީރު ބާއްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅުވައި މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު އެވެ. މިއަދު ބޭއްވި ޑިސްޕްލޭއަށްފަހު ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތުވެސް އާންމުންނަށާއި ކުޑަކުދިންނަށް ހުޅުވާލިއެވެ.

މިޑިސްޕްލޭ ބަލާލުމަށްޓަކައި ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދަށް ގިނައަދަދެއްގެ އާންމުންނާއި ޚާއްޞަކޮށް ކުޑަކުދިން ޖަމާވެ، ހޫނު ތަރުހީބެއް ލިބުންކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނޮވެންބަރު 11 ވީ ބުދަ ދުވަހު ހަވީރު ޝަހީދުންގެ ބިނާ ސަރަހައްދާއި އަދި ނޮވެންބަރު 13 ވީ ހުކުރު ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައިވެސް މިހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.