ދިރާގު

ދިރާގު އަމިއްލަ ޓީވީ އެޑްއޯން އެކްސްޓިވޭޓް ކޮށްލައިގެން ޔޫރޯބެލޭނެ

Jun 15, 2021

މިހާރު ކުރިއަށްދާ "ޔޫރޯ 2020" ގެ ފޯރިގަދަ މެޗުތައް ބަލަން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "އަމިއްލަ ޓީވީ" ގެ ނަމުގައި އިތުރު އެޑްއޮންއެއް ދީފި އެވެ.

ދިރާގުން ބުނީ މި އަހަރު ކުރީކޮޅު ތައާރަފުކުރި "ދިރާގު އަމިއްލަ ޕޯސްޕެއިޑް" އާ ޕްލޭންއަކީ ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށްގެން ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެ ޕްލޭނެއް ކަމަށެވެ. މި ޕްލޭން ބޭނުންކުރާ ކަސްޓަމަރުންނަށް ޔޫރޯއާ ދިމާކޮށް "އަމިއްލަ ޓީވީ" ގެ ނަމުގައި އިތުރު އެޑްއޯންއެއް ދީފައިވާނެ ކަމަށެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެ އެވެ. އަދި މީގެ އިތުރުން މުޅިން އަލަށް ތައާރަފުކޮށްފައިވާ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭނެ އެވެ.

މި ޕެކޭޖުން ލިބޭ ވެލިއު ޕެޕްކްތަކުގެ ތެރޭގައި ޗެޓާއި ސޯޝަލް މީޑިއާ އަދި ވޮއިސް އާއި ޑޭޓާ އަދި މުޅިން އާ ސްޓްރީމިން އެޑްއޮންސް ދިރާގު ޓީވީގެ ދިރާގު ޕްލޭގެ އިތުރުން ނެޓްފްލިކްސް އާއި އެމޭޒަން ޕްރައިމް އަދި ޔޫޓިއުބް އާއި ޓިކްޓޮކަށް ވެސް ހިމެނެ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ހާއްކޮށް އައިޑީޑީ "ވެލިއު ޕްކްސް" ވެސް ހިމެނެ އެވެ.

ދިރާގުގެ އެކި އެކި ހިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ. އަދި ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ ދިވެހިންގެ ތެރޭގައި އެންމެ ފަހުގެ އަދި މަގުބޫލު މުނިފޫހިފިލުވުގެ ހަރަކާތްތައް ޑިޖިޓަލް ޒައްރިއްޔާ މެދުވެރިކޮށް ގެނެސްދުނުމަށެވެ.