ދިރާގު

ޕޯޗުގަލް-ޖަރުމަނު މެޗު ސްޓްރީމް ކޮށްލަން ދިރާގުގެ ހާއްސަ އޮފާއެއް

Jun 19, 2021

ޔޫރޯ 2020ގެ މެޗްތައް މޯބައިލް ފޯނުން ސްޓްރީމް ކޮށްލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކޮށްލައިގެން 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ މިރޭ ޕޯޗުގަލް އާއި ޖަރުމަނު ވާދަކުރާ މެޗް ބަލާލުމަށް ލިބިގެންދާނެ މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ. ޖޫން މަހުގެ ނިޔަލަށް މި އޮފާ ކުރިއަށް ދާނެ އެވެ.

ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ޔޫރޯގެ މެޗްތައް މޯބައިލް ފޯނުން ސްޓްރީމް ކޮށްގެން ބަލާލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމަށްފަހު "ސްޓްރީމިން ޕާކް" ހިޔާރުކުރުމުން އެއް ޖީބީ ހިލޭ ޑޭޓާ ސްޓްރީމް ކޮށްލަން ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ޕްލޭގެ މަހު ފީއަކީ ޖީއެސްޓީ އާއި ނުލައި މަހަކު 65ރ. އެވެ.

ދިރާގުން ބުނީ ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކާއެކު ކަސްޓަމަރުންނަށް ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ، ހަމަ އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށެވެ. އަދި އިތުރު ހިލޭ "ޕާކްސް" ވެސް ލިބިގެންދާނެ ކަމަށެވެ.

ހިލޭ ޕާކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ހިދުމަތްތައް ބޭނުންކުރަން ވަކިވަކި އެޑް-އޮންސް ގަންނާކަށް ނުޖެހޭނެ އެވެ. އެހެންކަމުން އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތަކެއް ކޮށްލެވޭނެ އެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް 250ރ. އިން ފެށިގެން އެކްޓިވޭޓް ކުރެވޭނެ އެވެ. ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު މޯބައިލް އެޕުން ނުވަތަ ކޮމްބޯ ޕްލޭންގެ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ކޮށްލުމުން ވެސް އެކްޓިވޭޓް ވާނެ އެވެ.