އެމްޑަބްލިއުއެސްސީ

އައިޖީއެމްއެޗްގައި ޓެކްސީ ސްޓޭންޑެއް

Jun 15, 2021
އައިޖީއެމްއެޗްގެ ޓެކްސީ ސްޓޭންޑް -- ފޮޓޯ: އެމްޑަބްލިއުއެސްސީ
0%
0%
0%

އެމްޑަބްލިއުއެސްސީން އައިޖީއެމްއެޗްގައި ޓެކްސީ ސްޓޭންޑެއް ހަދައިފި އެވެ.

މި ޓެކްސީ ސްޓޭންޑް ހަދާފައިވަނީ އައިޖީއެމްއެޗްގެ މައި ދޮރާށި ކައިރީގަ އެވެ. އެތަނުގެ މަސައްކަތް ނިމި މިހާރު ބޭނުންކުރަމުން އަންނަ ކަމަށް ފެން ކުންފުނިން ބުންޏެވެ.

އެ ކުންފުނިން މިއަދު ބުނީ މި މަސައްކަތަށް 1.2 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ހޮސްޕިޓަލްގެ މައި ދޮރާށި ސަރަަހައްދުން ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެގޮތުން ވިއްސާރަ ދުވަސްވަރު މި ސަރަަހައްދުގައި ޓެކްސީ ހޯދަން މަޑުކޮށްލައިގެން ތިބެވޭނެ ހިޔާވަހިކަމެއް ނެތުމުން ދިމާވާ ދަތިތަކާއި، ޓެކްސީ ބޭނުންވާ ފަރާތްތަކުން ހިޔަލުގައި މަޑުކޮށްލައިގެން ނުތިބެވޭ މައްސަލަ އަށް ވަނީ ހައްލެއް ހޯދައިދީފަ އެވެ.

އައިޖީއެމްއެޗް ސަރަހައްދަކީ އަބަދުވެސް އެކި ކަންކަމުގައި މީހުން ޖަމާވާ އަދި ބާރުބޮޑު ސަރަހައްދެކެވެ. އެސަރަހައްދުން ޓެކްސީ ހޯދަން އުނދަގޫވާ ކަމަށް ބުނެ ގިނަ ބަޔަކު އަބަދުވެސް ޝަކުވާ ކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910