ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގެ 200 ވަނަ މަރު ތިނަދޫ އިން

Jun 16, 2021

ގދ. ތިނަދޫ ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ގދ. ދާންދޫއަށް ނިސްބަތްވާ 79 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވެފައި ވަނީ ފަތިހު އެވެ.

މިއީ ތިނަދޫ ކޮވިޑް ފެސިލިޓީން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ދެވަނަ މީހާ އެވެ. މި މަރާއެކީ ރާއްޖެއިން ކޮވިޑް ޖެހެގެން މަރުވި މީހުންގެ އަދަދު މިވަނީ 200 އަށް އަރާފަ އެވެ.

ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ. ނަމަވެސް މިދިޔަ މަހާ އަޅާ ބަލާއިރު މި މަހު ބަލި ޖެހެގެން މަރުވާ ނިސްބަތް މަދެވެ.