ވިޔަފާރި

"އެސްއީޒެޑުން މިއަހަރު 100 މިލިއަން ޑޮލަރު ޔަގީން"

Nov 15, 2015
1

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އިން މި އަހަރު 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ) ދައުލަތުގެ ބަޖެޓަށް ލިބޭނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު އަދި އެސްއީޒެޑް ބޯޑުގެ ޗެއާމަން މުހައްމަދު ސައީދު މިއަދު ދެއްވައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ބެހޭ ގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިދިޔަ އަހަރު ވެސް އެސްއީޒެޑުންގައި މައިގަނޑު ތިން ބައެއް ކުރިއަށްދާއިރު، އެސްއީޒެޑާ ބެހޭ ގޮތުންހެދި ބޮސްޓަން ކޮންސެލްޓެންސީ ގްރޫޕް (ބީސީސީ) އިން ހެދި ސާވޭ އިން އުންމީދު އާވެގެން ގޮސްފައިވާ ކަމަށެވެ.

"އެސްއީޒެޑުން މި އަހަރު 1.5 ބިލިއަން ރުފިޔާ ލިބޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑު،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެސްއީޒެޑުން ދައުލަތައް އާމްދަނީ ލިބޭނެ ކަމަށް ބެލެވެނީ މާލެ ވިޔަފާރި ބަނދަރާއި، އެ ބަނދަރާ ގުޅިގެން އުފައްދާ ފްރީޒޯންތަކުންނާއި އައިހެވަން މަޝްރޫއުން ކަމަށެވެ.

"ބޮސްޓަން ކޮންސަލްޓެންސީއާ ހަވާލުކޮށްގެން ހެދި ފީޒިބިލިޓީން ދެއްކީ ކުރިން އަންދާޒާކުރި އަދަދަށްވުރެ ބޮޑު އަދަދެއް ލިބޭނެ ކަމަށް. ވަރަށް މުހިންމު މަސައްކަތްތަކެއް އައިހެވަން ޓޭކް އޮފް ކުރަން ކުރެވިފައިވަނީ،" ސައީދު ވިދާޅުވި އެވެ.