ކްލައިމެޓް އިމާޖަންސީ ގާނޫނުގެ ދަށުން އައްޔަން ކުރަން ޖެހޭ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ގެ މަގާމަށް މއ. މާންދޫގެ ސަބްރާ އިބްރާހީމް ނޫރައްދީން މިއަދު އައްޔަނުކުރައްވައިފި އެވެ.
ސަބްރާ އިބްރާހީމް ނޫރައްދީން މި މަގާމަށް އައްޔަނުކުރައްވާފައިވަނީ ސަފީރު ފެންވަރުގައެެވެ. --އެއީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.--
ސަބްރާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން މާސްޓާސް އޮފް ސައިންސް އިން ސްޓޭޓް ސޮސައިޓީ އެންޑް ޑިވެލޮޕްމަންޓް ހާސިލްކުރައްވާފައިވާ އެވެ. ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް މަގާމަށް އައްޔަނުކުރެއްވުމާއި ހަމައަށް ސަބްރާ މަސައްކަތް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ފޮރިން ރިލޭޝަންސްގެ މަގާމުގައެވެ. އަދި ސަބްރާ ވަނީ މީގެ ކުރިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އަދި ކޮލަމްބޯގެ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސްގައިވެސް މަސައްކަތް ކުރައްވާފައެވެ.