ދުނިޔެ

ބައިޑަން - ޕޫޓިން ސަމިޓް: އުންމީދީ ބައްދަލުވުމެއް

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ރަޝިއާގެ ރައިސް ލަޑިމިއާ ޕޫޓިން ބައްދަލު ކުރައްވައިފި އެވެ. މިއީ އެމެރިކާގެ ރައީސްކަމާ ބައިޑަން ހަވާލުވެ ވަޑައިގެންނެވި ފަހުން ޕޫޓިންއާ ސީދާސީދާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ދެބޭފުޅުންގެ ބައްދަލު ކުރެއްވުން އޮތީ ސްވިޒަލޭންޑްގެ ޖެނީވާގައި، ބުދަ ދުވަހު އެވެ.

ދެ ރައީސުންގެ ބައްދަލު ވުމަށް ދެ ބޭފުޅުން ތައްޔާރުވަމުން ވަޑައިގަތްއިރު އެމެރިކާގެ ވާހަކަތައް ހުރީ ޕޫޓިން ލައްވައި ވަކި ކަންތައްތަކަކަށް އެއްބަސް ކުރުވާ ގޮތަށެވެ. އެމެރިކާއިން ބޭނުން ވެގެން އުޅޭ ސުވާލުތަކަކަށް ޕޫޓިން ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާ ގޮތަށެވެ. އެހެންކަމުން އެމެރިކާގެ މަސްއޫލްވެރިންނަށް ވިސްނިވަޑައިގެންފައި އޮތީ ގެއަށް ގެންދަން ބައިވަރުތަކެއް ބައިޑަންއަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ޕޫޓިން އަބަދު ވެސް ވިދާޅުވަނީ އެމެރިކާ އަކީ ގޮތެއް ނެތް ބައެއް ކަމަށެވެ. ދުނިޔޭގައި ހަގީގަތުގައި މާބޮޑު މައްސަލަތަކެއް ނެތް ކަމަށާއި އެމެރިކާއާ ބައިވެރިން ނޫން ބަޔަކު މައްސަލަތަކެއް އުފައްދައި ސަލާމަތް ނުވެވިގެން ނޫޅޭ ކަމަށެވެ.

ދެ ރައީސުންގެ ބައްދަލުވުމާ މެދު ދެ ބޭފުޅުން ވެސް ވިދާޅުވަނީ އެއީ ހަރުދަނާ ބައްދަލުވުމެއް ކަމަށެވެ. ބައްދަލުވުމުގެ ކުރިން އަދި ފަހުން ވެސް ރަޝިއާއިން ކަމަކަށް އަދި ބަދަލަކަށް އެދި ކަންބޮޑުވާ ކަމަށް ބުނެފައެއް ނުވެ އެވެ. ބައްދަލުމުގައި މުޅިންހެން މަޝްވަރާ ކުރެވުނީ އެމެރިކާއަށް ހުރި ކަންބޮޑުންތަކާއި ހޯދަން އެދުންވެރިވާ ދަރަޖަތަކާ ބެހޭ ގޮތުންނެވެ.

ރަޝިއާއިން އެމެރިކާއަށް ދޭ ސައިބާ ހަމަލާތައް

އެމެރިކާގެ ރިޔާސީ އިންތިހާބުތަކަށް ސައިބާ ހަމަލާދީ ނަތީޖާ ބަދަލު ކުރަން ރަޝިއާއިން މަސައްކަތް ކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެ އެވެ. ރަޝިއާގެ ހެކަރުން އެމެރިކާ ސަރުކާރުގެ އިދާރާތަކަށް ހަމަލާދީފައި ވެއެވެ. ރަޝިއަން ސޯލާވިންޑްސް ހެކަރުން އެމެރިގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައްދީ އީމެއިލްތައް ހިސޯރު ކޮށްފައިވެ އެވެ. އެމެރިކާގެ ތެޔޮހޮޅި ތަކަށް ހެކަރުން ދިން ހަމަލާތައް ވެސް ރައްދުވަނީ ރަޝިއާއަށެވެ.

ބައިޑަން ރިޕޯޓަރުންނަށް ވިދާޅުވި ގޮތުން ރަޝިއާގެ ހެކަރުން އެމެރިކާއަށް އުނދަގޫ ބޮޑު ކުރާ ނަމަ ގާބިލު ހެކަރުން އެމެރިކާގައި ވެސް އެބަ ތިބި ކަމަށް ޕުޓިންއަށް ދެންނެވި އެވެ. އަދި ޕޫޓިން ބައިޑަންއަށް ދެންނެވި ކަމަށް ވަނީ "އަޅުގަނޑަށް ވެސް ތިޔަކަން އެނގެ" އެވެ.

އެލެކްސީ ނަވާލްނީ ޖަލުގައި ހުންނެވުން

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ޖަލުގައި ހުންނަވަނިކޮށް މަރުވެއްޖެ ނަމަ ކަންތައްތައް ވަރަށް ގޯސްވާނެ ކަމަށް ބައިޑަން ޕޫޓިންއަށް ދެންނެވި އެވެ. މި މައުލޫއަށް އަކުރެއްހާ ހިސާބު ވެސް ޕޫޓިން އިތުރު ނުކުރައްވަ އެވެ. އެހެން ނަމަވެސް ނަވާލްނިއާ ގުޅުވައިގެން ނޫސްވެރިއަކު ސުވާލު ކުރުުން ޕޫޓިން ވިދާޅުވީ މިއަހަރު ޖެނުއަރީ ހަވަނަ ދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔަކު ވަދެ ހިންގި ހަމަލާތައް އެއީ އެންމެ ރަނގަޅު ކަމެއް ކަމަށް އެމެރިކާ ސަރުކާރުން ބުނެފައި ނުވާ ކަމަށެވެ. އެމެރިކާ ސަރުކާރުން މިހާރު ބަލަމުން އަންނަނީ އެމީހުންނަށް ދެވެން އޮތް އަދަބަކީ ކޮބައިތޯ ކަމަށެވެ.

ޔުކްރޭންއާ ކްރައިމިއާގެ މަސްލަހަތު

އެމެރިކާއިން ޔުކްރޭންއާ މެދު ކަންބޮޑުވާ ކަމަށް ވެސް ބައިޑަން ޕޫޓިންއަށް ދެންނެވި އެވެ. ޕޫޓިން ބައިޑަންއަށް ދެންނެވީ އެއީ އެމެރިކާ ކަންބޮޑުވާން އޮތް ކަމެއް ނޫން ކަމަށާއި އެއީ އެމެރިކާއާ ބެހޭވެސް ކަމެއް ނޫން ކަމަށެވެ.

ޕޫޓިން ވިދާޅުވި ގޮތުން އެމެރިކާއިން މިހާރު ވެސް ގެންދަނީ ރަޝިއާއާ ވަރަށް ގާތުގައި އަސްކަރީ ފަރިތަކުރުންތަކެއް ހިންގަމުންނެވެ. އެމެރިކާގެ އަސްކަރިއްޔާއިން ތަންމަތި ބަނދެގެން ގޮސް ތިބީ ރަޝިއާގެ ބުޑުގަ އެވެ. އެކަމަކު ރަޝިއާއިން އަސްކަރީ ހަރކާތްތައް ހިންގަނީ ރަޝިއާއަށް ބައިނަލްއަގުވާމީ ގާނޫނުތަކުން ސިއްކަ ޖަހާދީފައިވާ މިނިވަން ސަރަހައްދެއްގައެވެ. އެމެރިކާގެ ތޮށިމަތީގައެއް ނޫނެވެ.

ޔުކްރޭން ނޭޓޯގައި ބައިވެރިވުން

ޔުކްރޭން ނޭޓޯގައި ބައިވެރި ވުމަކީ ރަޝިއާއިން ވަރަށް ދެކޮޅު ކަމެކެވެ. މިކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ޕޫޓިން ވިދާޅުވީ އެ މައުލޫއާށް ރަޝިއާއިން އެއްވެސް މަޝްވަރާއެއް ނުކުރައްވާނެ ކަމަށެވެ.

ސަފީރުން އަލުން އިއާދަކުރުން

ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެން ކުރެއްވި ސްމާޓް ކަމެއް ކަމަށް ގިޔަ ބަޔަކު ހީކުރީ ޕޫޓިންއާ ދިމާއާށް ގާތިލެކޭ ވިދާޅުވުން ކަމަށެވެ. އެކަމަކު އޭގެ ސަބަބުން ހީކުރި ވަރަށް ވުރެ ފޭރާންވީ ދެރަ އެވެ. ވޮޝިންޓަންގައި ހުންނަވާ ރަޝިއާ އެމްބެސެޑަރު ގައުމަށް ގެންދަވައި އަދި މޮސްކޯގައި ހުންނަވާ އެމެރިކާ އެމްބެސެޑަރު ގައުމަށް ވަޑައިގަތުމަށް ރަޝިއާއިން ދެންނެވީ އެކަމާ ގުޅިގެންނެވެ.

ދެ ރައީސުންގެ ބައްދަލުވުމުގައި ވަގުތުން ވަގުތަށް ނިންމުނު ހަމައެކަނީ ކަމަކީ ސަފީރުން އަލުން އެބޭފުޅުން މަގާމަށް ރުޖޫއަ ކުރައްވައި މަރުކަޒު ކުރެއްވުމެވެ.