އެމްއެންޑީއެފް

މީހަކު ހޮސްޕިޓަލަށް ގެންދަން ސިފައިން އެހީވެއްޖެ

އުސް އިމާރާތެއްގައި އޮތް ދޮށީ އުމުރުގެ މީހަކު ހޮސްޕިޓަލަށް ގެންދަން ސިފައިން އެހީވެދީފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު 1:00 ޖެހި އިރު މާފަންނު ގެއެއްގެ ނުވަ ވަނަ ބުރިން ދޮށީ އުމުރުގެ މީހެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން އެ މީހާ ތިރިއަށް ބާލަން ސިފައިން އެހީވެ ދީފައިވާ ކަމަށާއި ދޮށީ އުމުރުގެ އެ ފިރެހެން މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ކޮށްފައިވާ ޓްވީޓް

އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ ހޮސްޕިޓަލަށް ގެންދަން ސިފައިން އެހީވެ ދިނީ އުމުރުން 80 އަހަރުން މަތީގެ މީހަކަށް ކަމަށެވެ.

އުސް އިމާރާތްތަކުން އިމަޖެންސީގައި ހޮސްޕިޓަލަށް މީހުން ގެންދިއުމުގައި ސިފައިން އަބަދުވެސް އެހީވެދެ އެވެ.