ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"ޗައިނާއޭ ކިޔައިގެން އެމެރިކާ ކޮންމެ ފަދަ ދޮގެއްވެސް ހަދާފާނެ"

ކޮރޯނާވައިރަސް އުފަންވި ގޮތް ހޯދަން ޗައިނާއިން އެއްބާރުލުން ދިނަސް، އެމެެރިކާއިން މަސައްކަތް ކުރާނީ އެކަން ޗައިނާ ބޮލަށް ކަނޑާލަން ކަމަށް ފްރާންސްގައި ހުންނަވާ ޗައިނާ ސަފީރު، ލޫ ޝޭއި ވިދާޅުވުއްޖެ އެވެ. ސަފީރު ވިދާޅުވީ ޗައިނާއޭ ކިޔައިން އެމެރިކާއިން އޭތިމީތި ކިޔަނީ އެއްބާރުލުން ނުދޭތީ ނޫން ކަމަށެވެ.

އެމްބެސެޑަރު ލޫ ޝޭއި ފްރާންސްގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި، ކޮރޯނާވައިރަހާއި، ޓައިވާން މައްސަލަ އަދި އުއިގޫރު މުސްލިމުންނާ ގުޅުން ހުރި ގިނަ ވާހަކަތަކެއް ވަނީ ވިދާޅުވެ ސާފުކޮށް ދެއްވާ ފައެވެ.

އެމްބެސެޑަރު ވިދާޅުވީ އެމެރިކާއިން ދުނިޔެއިން ކަމެއް ހާސިލު ކުރަން އެދުންވެރި ވެއްޖެ ނަމަ ރޭވުންތަކެއް ރާވާ ކަމަށާއި ޗައިނާއާ ދެކޮޅަށް މިހާރު އެ ދައްކާ ވާހަކަތައް 2003 ގައި އީރާގަށް ހަމަލާ ދޭން ދެއްކި ވާހަކަތަކާ ވަރަށް އެއްގޮތް ކަމަށެވެ. އެނާ ވިދާޅުވީ އެމެރިކާއިން ދެއްކީ އަސާސެއް ނެތް ބަހަނާތަކެއްކަން ދުނިޔެއަށް ފަހުން ހާމަވި ކަމަށެވެ.

"އެމެރިކާއިން މިހާރު ވެސް އެކުރަނީ ދާދި އެއްކަމެއް،" އެމްބެސެޑަރު ވިދާޅުވި އެވެ. "ދަތި ކުރުމުގެ ފިޔަވަޅުއެޅުމާއި ބަދުނާމް ކުރުމާއި ކުށް ދެއްކުމަކީ ހަގީގަތެއް އޮވެގެން ކުރާ ކަމެއް ނޫން،" އެމްބެސެޑަރު އިތުރަށް ވިދާޅުވި ގޮތުގައި އެމެރިކާ ނުރުހިއްޖެ ކޮންމެ ބަޔަކާ މެދު އަމަލުކުރާ ގޮތަކީ އެއީ އެވެ.

ލޫ ޝޭއި ވިދާޅުވީ އެމެރިކާގެ ވައިރޮލަޖީ ލެބޯޓަރީތަކަށް ބައިނަލްއަގުވާމީ ސައިންސްވެރިންގެ ފައުޖުތަކުން ވަންނަން ޖެހޭ ކަމަށެވެ. ސަފީރު ވިދާޅުވީ އެހެން ބައެއްގެ ބޮލުގައި ކަމެއް އަޅުވާއިރު އެމެރިކާއަކީ ކުށެއް ނެތް ބައެއްކަން ސާބިތުކޮށް ދެވެން ޖެހޭ ކަމަށެވެ.

ކޮރޯރާވައިރަސް އުފެދުނު ތަނަކާ ބެހޭ ގޮތުން ޗައިނާއާ އެމެރިކާއާ ދެމެދު ހޫނުގަދަ ޒުވާބުތަކެއް ވަނީ ކުރެވިފަ އެވެ. އެމެރިކާއިން ބުނަނީ ކޮރޯނާވައިރަހަކީ ޗައިނާގެ ލެބޯޓަރީއަކުން ފޭއްދި ދުނިޔެއަށް ފެތުރިގަތް ބަލިމަޑުކަމެއް ކަމަށެވެ. ޗައިނާއިން ބުނަނީ އެއި އެމެރިކާގެ އަސްކަރިއްޔާއިން އުފެއްދި ބަޔޮލޮޖިކަލް ހަތިޔާރެއް ކަމަށެވެ. އަދި ކޮވިޑް އުފެއްދުމުގައި އިޒްރޭލުގެ އަތެއް އޮންނާނެ ކަމަށް ވެސް ޗައިނާއިން ބުނެ އެވެ.

ޗައިނާއިން ބުނާ ގޮތުގައި އެމެރިކާގެ މޭލޭންޑްގެ ފޯޓް ޑެޓްރިކްގައި ހުންނަ "އެމެރިކާ އާމީ މެޑިކަލް ރިސާޗް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިސީޒަސް" ގައި ކޮރޯނާވައިރަހާ ގުޅުން ހުރި ބަޔޯއިންޖިނޭރިން މަސައްކަތެއް ކޮށްފައިވޭތޯ ބަލަންޖެހެ އެވެ.

ލޫ ޝޭއި ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޗައިނާ ލެބޯޓަރީތައް ޗެކްކުރި ކަމަށާއި ކޮވިޑަކީ ލެބްގައި އުފެއްދި އެއްޗެއް ކަމަށް ދައްކާނެ އެއްވެސް ހެއްކެއް އެ ޖަމިއްޔާއަށް ނުފެނުނު ކަމަށެވެ. އަދި ވިދާޅުވީ ވައިރަހަކީ ލެބޯޓަރީން ލީކުވެދާނެ އެއްޗެއް ނަމަވެސް ސިއްހަތު ޖަމިއްޔާގެ ސައިންސްވެރިންނަށް އެކަން ދެނެގަނެވިފައި ވެއެވެ.