ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ

Jun 18, 2021

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ އެ މީހާ މަރުވެފައި ވަނީ ރޭ ދަންވަރު 2:05 ގައި ކަމަށެވެ. ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޮވިޑްގެ މި މަރާ އެކު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 202 އިތުރުވެފަ އެވެ. ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު އިއްޔެ ވަނީ 218 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާ އެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 71،356 އަށް އަރާފަ އެވެ.