މާލޭ ސިޓީ ކައުންސިލް

މަސް މާރުކޭޓްގައި އައިސް ވިއްކާނެ ބަޔަކު ހޯދަނީ

މަސްވެރިޔަކު މާލޭގެ މަސް މާރުކޭޓުގައި މަސައްކަތް ކުރަނީ: މާލޭ މަސް މާރުކޭޓްގައި އައިސް ވިއްކާނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި -- ފޮޓޯ: އަވަސް
0%
0%
0%

މާލޭގެ މަސް މާރުކޭޓްގައި އައިސް ވިއްކާނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މާލޭ މަސްމާރުކޭޓްގައި މަސް ވިއްކާ ފަރާތްތަކަށް އައިސް ވިއްކުމުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހާއިރު މަސް މާރުކޭޓް ތެރެއިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އެންމެ ކުޑަ އަގު ހިމަނަންވާނެ ކަމަށް އިއުލާނުގައިވެ އެވެ. އަދި މެދުނުކެނޑި ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އިންތިޒާމު އޮންނާނެ ގޮތް ޕްރޮޕޯސަލްގައި ހިމަނަން ޖެހޭނެ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.

މަސް މާރުކޭޓުގައި އައިސް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ އިންތިޒާމް ރާވާ ހިންގާނެ ގޮތުގެ ޕްރޮޕޯސަލް ޖޫން 21 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ކުރިން މާލޭ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބަޔަށް ހުށަހެޅުމަށް އިއުލާނުގައި ވަނީ އަންގާފަ އެވެ.

މާލޭގެ މަސް މާރުކޭޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، މަސްވެރިންނަށް އެތަނުން ފަސޭހަ ކަމާއެކުގައި ހިތުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަކީ މާލޭ ސިޓީގެ މެޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ވައުދެކެވެ.

މަސް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރުކޭޓު ޒަމާނީ ކުރުމާއި އެ ތިން ތަން އެއް އިމާރާތަކަށް ބަދަލު ކުރުމުގެ ވިސްނުމެއް ވެސް އާ ސިޓީ ކައުންސިލުން ގެންގުޅެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910