ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ބަންގްލަދޭޝްގައި ކިޔަވާނެ ފުރުސަތެއް

Jun 22, 2021
2

އިސްލާމިކް ޔުނިވާސިޓީ އޮފް ބަންގްލަދޭޝްގައި މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީއިން މިއަދު ބުނީ ބަންގްލަދޭޝްގެ އިސްލާމިކް ޔުނިވާސިޓީގެ އަންޑަގްރެޖުއޭޓް ކޯސްތަކުގައި ރާއްޖޭގެ ދަރިވަރުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ސްކީމްގެ ދަށުން 34 ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ރާއްޖޭގެ ދައިވަރުން ބަންގްލަދޭޝްގައި ކިޔެވުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލައިފައި ވަނީ ކުޑަ އަގެއްގަ އެވެ. ނަމަވެސް އެ އަގުތައް ހާމަ ކޮށްފައެއް ނުވެ އެވެ.

ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ކޯސްތަކާބެހޭ މައުލޫމާތު އެ ޔުނިވާސިޓީގެ ވެބްސައިޓް އިން ލިބެ އެވެ.

ކޯހަށް ހޮވޭ ދައިވަރުން ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ އިންސްޓްޓިއުޓެއްތޯ ބަލަން ޖެހެ އެވެ. އަދި ހޮވޭ ކޯހަކީ އެމްކިއުއޭ އިން ގަބޫލު ކުރާ ކޯހެއްތޯ ވެސް ޔަގީންކުރަން ޖެހެ އެވެ.