ދިރާގު

ދިރާގުން ދެގުނަ ޑޭޓާ ލިބޭ އޮފާތަކެއް

Jun 24, 2021
1

ދިރާގު ހިދުމަތްތަކުން އެކްޓިވޭޓް ކުރާ ބޫސްޓަރު ތަކުން 100 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް ދޭން ނިންމައިފި އެވެ.

ދިރާގުން ބުނީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" އަދި ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރާ ބޫސްޓާތަކުން ވެސް 100 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް ދީފައިވާއިރު، ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅޭ ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް ޖޫން މަހުގެ ނިޔަލަށް ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނަގާ ބޫސްޓާ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ވެސް އިތުރު ހިލޭ ޑޭޓާ ދޭން ފަށައިފައިވާ ކަމަށް ދިރާގުން ބުންޏެވެ. ހިލޭ ޑޭޓާ ދޭން ފަށައިފައި ވަނީ މިދުވަސްވަރަކީ ގޭގައި ތިބެގެން އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށްގެންދިޔުމާއި ކިޔަވާކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ޖެހިފައިވާ ދުވަސްވަރަކަށް ވާތީ ކަމަށެވެ.