ކުޅިވަރު

ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ ފަށައިފި

ރަށުގެ ޒުވާނުންނަށް އަމާޒު ކޮށްގެން ނ. ހެނބަދޫ ކައުންސިލުން ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ މިރޭ ފަށައިފި އެވެ.

މުބާރާތް ކުރިއަށް ގެންދާނީ މުބާރާތް އިންތިޒާމު ކުރަން ހެނބަދޫ ކައުންސިލުން އެކުލަވާލާފައިވާ ކޮމެޓީ އަކުންނެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ 8:30 ގައި ބާއްވާ މުބާރާތް ވަނީ ފަށާފަ އެވެ. މުބާރާތް ފަށައި ދިނީ ޗަމްސް ނިއު ޖެނެރޭޝަން އާއި އެމީގޯސް އެވެ.

ހެނބަދޫ ކައުންސިލް އިދާރާއިން ބުނީ ހެނބަދޫގައި ފުޓްސަލް ކުރި އެރުވުމަށާއި، ޒުވާނުންގެ މެދު އެއްބައިވަންތަކަން އާލާ ކުރަން މި މުބާރާތުން މަގު ފަހިފާނެ ކަމަށެވެ.

ހަތަރު ޓީމު ބައިވެރިވި މި މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ. މުބާރާތް ހަފްތާއަކަށް ކުރިއަށް ގެންދާނެ އެވެ.

މުބާރާތުގައި ހޮވާ ވަނަތައް

  • ޗެމްޕިއަން ޓީމު
  • ރަނައަޕް ޓީމު
  • ފެއާޕްލޭ ޓީމު
  • ފުޓްސަލް ކިންގު 2021 (މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ)
  • އެންމެ މޮޅު ފަސް ކުޅުންތެރިން
  • އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ
  • އެންމެ މޮޅު ކޯޗު

ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2021 ގައި ވަނަ ތަކަށް ހޮވޭ ފަރާތްތަކަށް ޓްރޮފީ އާއި ފައިސާގެ އިނާމު ދޭން ވަނީ ނިންމާފަ އެވެ.