ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ބޮޓްސްވާނާ މުބާރާތުގައި ރިވައިވަލް އިން ރާއްޖެއަށް ފަސް މެޑަލް ހޯދައިދީފި

ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ހަތަރު ކެޓެގަރީއަކުން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ އެތުލީޓުން ޖުމްލަ ފަސް މެޑެލް ހޯދައިފި އެވެ.

މުބާރާތުގެ އަންހެން ސިންގަލްސްގައި ފާތިމަތު ނަބާހާ (ނަބާ) ރަން މެޑަލް ހޯދާފައިވާއިރު، އައިމިނަތު ނަބީހާ (ނަބީ) ރިހި މެޑަލް ހޯދި އެވެ. މީގެއިތުރުން މިކްސް ޑަބަލްސްގައި ޒަޔާން އަދި ނަބާގެ ޖޯޑުން ރިހި މެޑަލް ހޯދި އެވެ.

ފިރިހެން ޑަބަލްސްގައި ޒަޔާން ޒަކީ އަދި ނިބާލް އަހްމަދުގެ ޖޯޑުން ލޯ މެޑަލް ހޯދައިފައިވާއިރު، އަންހެން ޑަބަލްސްގައި ފާތިމަތު ނަބާހާ އަދި އައިމިނަތު ނަބީހާގެ ޖޯޑުވެސް ލޯ މެޑަލް ހޯދި އެވެ.

މިކްސް ޑަބަލްސްގެ ފައިނަލްގައި ޒަޔާން އަދި ނަބާގެ ޖޯޑު ވަނީ އަޒަރުބައިޖާންގެ އާގިލް ގަބިލޯވް އަދި އީރާ މަފްތުހާގެ ޖޯޑާ ކުރިމަތިލާފަ އެވެ. ވަރަށް ވާދަވެރި މެޗަކަށްފަހު އަޒަރުބައިޖާންގެ ޖޯޑު ވަނީ 23-21 އަދި 21-18 އިން މޮޅުވެފަ އެވެ.

މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މުބާރާތްތަކުގައި ޒަޔާން އަދި ނަބާގެ ޖޯޑުން ހޯދި ފަސްވަނަ މެޑަލް އެވެ. މީގެ ކުރިން މި ޖޯޑުން ވަނީ 2017 ވަނަ އަހަރު މޮރިޝަސް މުބާރާތުން ލޯ މެޑަލް، 2018 ވަނަ އަހަރު ޔޫގާންޑާ މުބާރާތުން ލޯ މެޑަލް، 2019 ވަނަ އަހަރު، ޕާކިސްތާން މުބާރާތުން ރަން މެޑަލް އަދި ޒެމްބިއާ މުބާރާތުން ލޯ މެޑަލް ހޯދާފަ އެވެ.

މި މުބާރާތާއި ޒެމްބިއާ މުބާރާތުން ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ޖުމްލަ 8 މެޑަލް ހޯދާފައިވެ އެވެ. ބޮޓްސްވާނާ މުބާރާތުގައި އަންހެން ޑަބަލްސްގައި ނަބާ އަދި ނަބީގެ ޖޯޑުން ރަން މެޑަލް ހޯދާފައިވާއިރު، މިކްސް ޑަބަލްސްގައި ޒަޔާން އަދި ނަބާގެ ޖޯޑުން ލޯ މެޑަލް އަދި އަންހެން ސިންގަލްސްގައި ނަބާ ވަނީ ލޯ މެޑަލް ހޯދާފަ އެވެ.