ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރިސޯޓް ހަދާ ރަށަކުން 112 ޕޮޒިޓިވް ކޭސް

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކުން 112 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްްޖެ އެވެ.

ކޮވިޑް ކޭސްތަކެއް ފެނިފައިވަނީ ރ. ކޮތައިފަރުންނެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 266 މީހުންގެ ތެރޭގައި 112 މީހަކު ޕޮޒިޓިވްވީ ކޮތައިފަރިން ކަމަށެވެ. އެއީ މީގެ ދެތިން އަހަރު ކުރިން ފެށިގެން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފެށި ރަށެކެވެ.

ކޮތައިފަރުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނިކޮށް ރާއްޖޭގެ ތާރީހާ ގުޅޭ ގިނަ އަދަދެއްގެ އާސާރުތަކެއް 2019 ވަނަ އަހަރު ފެނިފައިވެއެވެ. ކޮތައިފަރުން ފެނުނު އާސާރުތަކުގެ ތެރޭގައި ދެ މިސްކިތެއްގެ ތަރާގަނޑާއި ރާއްޖެއިން ނުފެންނަ ވައްތަރެއްގެ ކުރެހުން އެޅި މަހާނަ ގަލެއްފެ އިތުރުން ދެ ގަބުރުސްތާނު އަދި ދެ ޒިޔާރަތްވެސް ހިމެނެއެެވެ. އެއީ ކުރީން މީހުން އުޅުނު ރަށެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެ ރަށް ތަރައްގީ ކުރަނީ އެ އާސާރުތައް ރައްކާތެރިވާނެ ގޮތަށެވެ.