ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

ގދ. ތިނަދޫގައި ގޭން ބޭރަށް ނުކުމެވޭނީ އެކަކަށް

ގދ. ތިނަދޫގައި ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ހަފުތާއަކު އެއް ފަހަރު ކޮންމެ ގެއަކުން އެކަކަށް ބޭރަށް ނުކުމެވޭ ގޮތަށް އުސޫލެއް ހަދައިފި އެވެ.

އާބާދީގައި 5،000 އަށް ވުރެ ގިނަ މީހުން ހިމެނޭ ތިނަދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ގޭގެއަށް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާމިޓް ބޭނުން ކޮށްގެން ދެން ބޭރަށް ނުކުމެވޭނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ކަނޑައަޅާ ވަގުތަކަށް ކޮންމެ ގޭބިސީއަކުން އެކަކަށް ހަފުތާއަކު އެއް ދުވަަހު އެއް ގަޑިއިރަށް ކަމަށެވެ.

އެހެން ގަޑިތަކުގައި ޒަރޫރީ ކަންކަމުގައި ބޭރަށް ނުކުތުމަށް ބޭނުން ކުރާނީ ހަމައެކަނި "ޕޮލިސް ޓައިމް ބައުންޑް ޕާމިޓް" ކަމުގައި ހަމަޖައްސަން ފުލުހުންގެ އިދާރާއިން މިހާރު އެދެފައިވާ ކަމަށް ވެސް ބުންޏެވެ.

މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ތިނަދޫ އޮންނަނީ މޮނީޓަރިންގަ އެވެ. އެރަށުގައި އަދިވެސް ކޮވިޑް ކޮންޓްރޯލެއް ނުވެއެވެ. އެގޮތުން އިއްޔެ ވެސް 17 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު އެންމެ ބޮޑު ގޮންޖެހުމަކީ ނަގާ ސާމްޕަލްތަކުގެ ނަތީޖާ ލިބުން ލަސްވަމުންދާތީ ދިމާވާ ދަތިތަކެވެ.

އެ ރަށުން 494 މީހުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު މިވަގުތު ވެސް 260 އަށް ވުރެ ގިނަ އެކްޓިވް ކޭސް އުޅެ އެވެ.