ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދޫނިދޫ

ދޫނިދޫން ނުވަ މީހަކަށް ކޮވިޑް ޖެހިއްޖެ

Mar 29, 2021

ކުށަށް ތުހުމަތުވާ މީހުން ބަންދު ކޮށްފައި ތިބޭ މާލެ އަތޮޅު ދޫނިދޫން ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑް-19 އިގެ ހާލަތުގެ މައުލޫމާތު ދޭން އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ދޫނިދޫގައި ތިބި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ބަޔަކާ ކޮންޓެކްޓް ވުމުން އެތަނުގައި ތިބި ބައެއްގެ ސާމްޕަލް ނެގުމުން ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެކަމަކު ޕޮޒިޓިވްވީ ދޫނިދޫ ބަލަހައްޓަން ތިބޭ ފުލުހުން ކަަމެއް ނުވަތަ އެތަނުގައި ހައްޔަރު ކޮށްފައި ތިބި ބައެއް ކަމެއް އެޗްޕީއޭ އިން ބުނެފައެއް ނުވެ އެވެ. ދޫނިދޫއަކީ ސަރުކާރުގެ ތަހުގީގު ޖަލެކެވެ. އެ ރަށަށް ފުލުހުން ބަލަހައްޓަނީ ފުލުހުންނެވެ.

މީގެ ކުރިން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ ބައެއް ކުށްވެރިން ވެސް ކޮވިޑަށް ޕޮޒިޓިވްވެ ޖަލުތަކުގައި ކޮވިޑް ފެތުރިގެން ނުދާނެހެން ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑަށް 23،524 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އަދި ބައްޔަށް ޕޮޒިޓިވް ބަޔަކު ތިބުމާ ގުޅިގެން އަތޮޅުތަކުގެ 13 ރަށެެއް ވަނ މޮނިޓަރިންއަށް ލާފަ އެވެ.