ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާސްކު ނާޅާ އުޅޭނަމަ ފިޔަވަޅު އަޅަން މިއަދު ފަށާނެ

Aug 1, 2020
1

ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކޮށްފައިވާއިރު، އެ ފިޔަވަޅު ތަންފީޒު ކުރަން މިއަދު ފަށާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ސިއްހީ ކުއްލި ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، ބޭރަށް ނުކުމެ އުޅޭއިރު އަނގަ އާއި، ނޭފަތުގެ އިތުރުން ދަތްދޮޅި ނިވާ ވާގޮތަށް މާސްކު އެޅުން މިއަދުން ފެށިގެން ވަނީ ލާޒިމުކޮށްފަ އެވެ.

މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި، ނެރުއްވި އުސޫލުގައިވާ ގޮތުން، ދެ އަހަރު ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރާ ވަގުތުތަކުގެ އިތުރުން މީހެއްގެ އެހީއާ ނުލައި މާސްކު ނޭޅޭ މީހުން ފިޔަވައި އެހެން ހުރިހާ މީހުން ބޭރުގައި އުޅޭއިރު މާސްކު އެޅުން ވަނީ ލާޒިމު ކޮށްފައި ވެއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެ އެންގުން ތަންފީޒު ކުރުމުގައި ފުލުހުން މިއަދުން ފެށިގެން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

މާސްކު ނާޅާ ބޭރުގައި އުޅޭ މީހުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން، ރޭގަނޑު 11:00 ފެށިގެން ފަތިހު 5:00 ބޭރުގައި އުޅުން ވެސް މަނާ ކޮށްފައިވާއިރު، އެކަން ތަންފީޒު ކުރުމަށް އިތުރު މަސައްކަތްތަކެއް ކޮށް، އެ އެންގުމާ ހިލާފުވާ މީހުންނަށް ފުލުުހުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ޖޫން 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދަށް އިއުލާނުކުރި ލޮކްޑައުން އުވާލި ފަހުން، ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

އެއާއެކު، ލޮކްޑައުންގެ ހާލަތަށް ދީފައިވާ ލުއިތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ދެއްވައިފަ އެވެ.