ޑރ. މުހައްމަދު އިޔާޒް

އެންމެ ފަހުން އިޔާޒު މާފަށް އެދިވަޑައިގެންފި

ޑރ. އިޔާޒް: މާފަށް އެދި ވަޑައިގެންނެވި
0%
0%
0%

އަންހެނުން ހިތާނު ކުރުމާ ގުޅިގެން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ކުރެއްވި ޓުވީޓުތަކުގެ މައްސަލަ ހޫނުވުމުން އެކަމަށް އޭނާ މާފަށް އެދި ވަޑައިގެންފި އެވެ.

އިޔާޒު މާފަށް އެދި ވަޑައިގަތީ މިއަދު ނެރުއްވެވި ނޫސްބަޔާނެއް މެދުވެރިކޮށެވެ. އެ ބަޔާނުގައި ވިދާޅުވެފައި ވަނީ އަންހެނުން ހިތާނު ކުރުމާ ގުޅުވައި ކުރެއްވެވި ޓްވިޓަކާ ގުޅިގެން ގިނަ ބަޔަކު ނަފުރަތު އުފައްދަމުން ގެންދާ ކަމަށެވެ.

އަންހެނުން ހިތާނު ކުރުމަކީ އޭނާ ވަކާލާތުކުރެއްވި އަދި ވަކާލާތުކުރައްވާ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖެއިން ނެތިގޮސްފައިވާ އާދައެއް ކަމުގައި ބެލެވޭއިރު، އެ އާދަ އަނބުރާ އިއާދަ ކުރަން ވެސް ވަކާލާތު ނުކުރައްވާ ކަމަށް އެ ބަޔާނުގައި އޭނާ ވިދާޅުވެފައި ވެއެވެ.

އެ މައްސަލައިގައި ޓްވީޓެއް ކުރެއްވީ އިސްލާމީ ޝަރީއަޢަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭ ގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ، ކަމަށާއި އެ މައްސަލައަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ހިލާފު އޮތް ފަރުއީ މައްސަލައެއް ކަމަށެވެ.

އިޔާޒުގެ އެ ބަޔާނުގައި އޭނާ ވިދާޅުވެފައި ވަނީ ބައެއް ގައުމުތަކުގައި އަންހެނުން ހިތާނު ކުރުމުގެ ނަމުގައި އަންހެނުންނަށް ލާއިންސާނީ އަނިޔާތައްދޭ ކަމަށާއި އަނެހެނުނަށް ދޭ އަނިޔާއަކީ ކަނޑައެޅިގެން ހަރާމް އަދި އިސްލާމީ އެއްވެސް އަސްލެއް އޮތް ކަމެއް ނޫން ކަމަށެވެ.

"... މި މައްސަލައަކީ ދިވެހިރާއްޖޭގައި ނެތް މައްސަލައަކަށްވެފައި، އިސްލާމް ދީނުގެ މުހިންމު ގިނަމައްސަލަތަކެއް ހުރިއިރު، އަދި ރާއްޖޭގެ މައްޗަށް ލާދީނިއްޔަތުގެ ނުރައްކާތެރި ވިލާގަނޑެއް ނަގާފައިވާ މި ދަނޑިވަޅުގައި މި މައްސަލައިގެ މައްޗަށް ގިނަ ބަހުސްތަކެއް ކުރުމުގެ އެއްވެސް ފައިދާއެއްނެތެވެ."އިޔާޒުގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި މި މައްސަލައިގައި ގިނަ ފަރާތްތަކަކުން އިޔާޒަށް ފުރައްސާރަކުރާ އިރު ދީނީ އިލްމުވެރިން ތިއްބެވީ ހަނު ކަމަށާއި ގިނަ ބަޔަކު އިލްމުވެރިންގެ އަގު ވައްޓާލަމުން ދާތީ އެކަން ކުށްވެރިވެސް ކުރައްވާ އޭނާ ވިދާޅުވެފައި ވަނީ އޭނާ ދެއްކެވި ވާހަކައެއްގެ ސަބަބުން، އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ، ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅު ނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް މާފަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910