އަހުމަދު މަހްލޫފު

މަހްލޫފްގެ ކޮއްކޮ ޑޮލަރު ގަންނަން އެސްއޯއެފް އޮފީހުގައި އިންދާ ދުށިން: މޮހޯ

މިނިސްޓަރު އަހުމަދު މަހުލޫފް އަދި އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އައްލާމް ލަތީފް -- އަވަސް ފޮޓޯ
57.1%
28.6%
14.3%

މިނިސްޓަރު އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފްގެ ކޮއްކޮ އަލީ މުބީން އެސްއޯއެފްގެ އޮފީހުން އެއް ދުވަހު ފެނިފައިވާ ކަމަށާއި އަދި އޭނާ އެ އޮފީހަށް އައީ ކީއްކުރަން ކަމަށް ސުވާލުކުރުމުން ޑޮލަރުގެ މުއާމަލާތެއް ކުރުމަށް ކަމަށް އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އައްލާމް ލަތީފް (މޮހޯ)، އަހްމަދު މަހްލޫފްގެ މައްޗަށް ކޮށްފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވެފައިވާ މައްސަލައިގެ ތަހުގީގަށް ދީފައިވާ ބަޔާނުން ހާމަވެއްޖެ އެވެ.

އަވަސްއަށް ވަނީ ތަހުގީގަށް މޮހޯ ދީފައިވާ ބަޔާނުގެ ކޮޕީއެއް ލިބިފައެވެ.

މޮހޯގެ ބަޔާނުގައި ބުނެފައިވަނީ އެހެން އެއްވެސް ދުވަހަކު މުބީން އެ އޮފީހުން ފެނިފައިނުވާ ކަމަށެވެ. އަދި ޑޮލަރު ގަންނަން އައީ ކޮން ކަމެއް ކުރަން ކަމަށް ވެސް ބުނެފައިނުވާ ކަމަށް ބަޔާނުގައިވެއެވެ.

މަހްލޫފަށް ދޫކޮށްފައިވާ ރިސިޕްޓްގައި ވާ ސްޓޭމްޕް އަކީވެސް އެސްއޯއެފްގެ ސްޓޭމްޕް ކަމަށް އައްލާމްގެ ބަޔާނުގައި ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް އެއީ ސީދާ އެސްއޯއެފްއިން ދީފައިވާ ރިސިޕްޓްއެއްކަން ބުނަން ނޭނގޭ ކަމަށް ވެސް އޭނާގެ ބަޔާނުގައިވެއެވެ.

މި މައްސަލައާ ގުޅިގެން މީގެކުރިން މަހްލޫފް ނެރެފައިވާ ބަޔާނުގައި ވަނީ އެ ފައިސާއަކީ އޭނާގެ އާއިލީ ވިޔަފާރިއަށް ޑޮލަރު ގަތުމަށް ކުރި މުއާމަލާތެއް ކަމަށާއި އަދި އެ ވިޔަފާރި ކުރުމަށް އެސްއޯއެފްގެ އޮފީހަށް ގޮސްފައިވަނީ އޭނާގެ ކޮއްކޮ ކަމަށް ބުނެފައިވެއެވެ. އަދި އެ މުއާމަލާތުގެ ރިސިޕްޓް ކުރިން ވަނީ އާންމުކުރައްވާފައެވެ.

މި މައްސަލައިގައި އޭސީސީއިން މަހްލޫފްގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އަސްލު ނޫން ލިޔެކިޔުންތަކެއް އުފެއްދުމެވެ. މިކަމާއި ގުޅިގެން އަވަސް އިން މަހްލޫފްއަށް ގުޅާލުމުން ވިދާޅުވީ އައްލާމް ލަތީފް ދިން ބަޔާން އޭނާ ދެކެވަޑައިނުގަންނަވާ ކަަމަށެވެ. ނަމަވެސް ތަހުގީގަށް މޮހޯ ދީފައިވާ ބަޔާނުގައި އެފަދަ މައުލޫމާތުތަކެއް ހުރިކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. މަހުލޫފް ވިދާޅުވީ އެ މުއާމަލާތަކީ ހިނގާފައިވާ މުއާމަލާތެއްކަން އެނގެން އޮތްއިރު ފޭކް ރިސިޕްޓް އެއް އުފައްދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އޭނާއަށް ކުރާ ތުހުމަތު ތަކުރާރުކޮށް ދޮގުކުރެއްވިއެވެ.

"މިހާ ސާފުކޮށް މި މައްސަލަ އޮތްއިރު އަޅުގަނޑުގެ ފަހަތުން މިގޮތަށް ދުވަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ކުންފުނިތަކުގެ ސްޓޭމްޕްތަކަކީ ކޮންމެ ކޮންމެ މީހަކަށް ހެދޭނެ އެއްޗެއް ނޫންކަން ތަހުގީގީ އިދާރާތަކަށް ނޭނގުމަކީ އޭނާގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެސްއޯއެފްއިން މަހްލޫފްއަށް ދީފައިވާ ރިސިޕްޓްއަކަށް ޒިންމާވާން ނުޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ މިއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އޭނާ މަގާމުން ދުރުކުރަން ކުރާ މަސައްކަތެއް ކަމަށެވެ

ރިޔާސީ ކޮމިޝަން އުފެދުނުތާ ދެ އަހަރާއި ބައިވެ، ރިޔާސީ ދައުރުވެސް ދެބައިވެގެން ދިޔައިރު މިނިސްޓަރު މަހްލޫފްގެ މައްސަލަ ފިޔަވައި އެހެން މައްސަލައެއްގެ އަޑު ނީވޭތީ އެތައް ފާޑުކިއުން ކޮމިޝަނާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

15 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބޮލި މުލައް

ދައުލަތުގެ މާލިއްޔާ ލޫޓުވާލި މީހުން ހެކިންގެ ގޮތުގައި ބަލައިގަންނަނީ މިސަރުކާރުގެ ޝަރުޢީ ނިޒާމު ފިޔަވާ ދުނިޔޭގެ ކޮން ޝަރުޢީ ނިޒާމަކުންބާ

އިބްރާހީމްސ

ކޮންމެ ވޯޓަކަށް ރިލޯޑު ކުރަން ޖެހޭ މީހެއްކަން އެންމެނަށްވެސް އެނގޭ.

ނަސީ

މޮޙޯ ބުރޯ ދައްކާ ވާހަކަ ކޯޓްތަކުގައި އަޑުވެސް އަހައިގެން ނުވާނެ އެއީ ދައުލަތް ލޫޓްވާލީ މީހުން ހޮގާ ހަތްޔަރުކޮއް ދައުލަތައް އެމީހުން ހެ ގެތައް ނަހަން އެބަޖެހޭ

މަހޫ

ބަލަ ޔާމީން އެކައުޓަށް މީހަކު ފައިސާ ޖަމާކުރުން އެއީ ޔާމީން ޒިންމާ ނަގަން ޖެހޭ ކަމެއްކަމަށް ވަންޏާ މަހުލޫފް ވެސް ތިކިޔާ ރިސިފްޓް ގެ ޒިންމާ ނަގަންޖެހޭނީ.

ރަދީފް

''މަހުލޫފް ވިދާޅުވީ ކުންފުނިތަކުގެ ސްޓޭމްޕްތަކަކީ ކޮންމެ ކޮންމެ މީހަކަށް ހެދޭނެ އެއްޗެއް ނޫންކަން ތަހުގީގީ އިދާރާތަކަށް ނޭނގުމަކީ އޭނާގެ މައްސަލައެއް ނޫން ކަމަށެވެ.'' ހެހެހެހެހެ.ޔޫއެސް ޑޮލަރު ނަކަލުކުރެވޭ ފެންވަރުގެ މީހުން މިދުނިޔޭގަ ތިބި ހިނދު ރާއްޖޭގެ ކައްޕަޅި ކުންފުންޏެއްގެ ސިއްކަ ނަކަލުކުރުން އެއީ ތަރައްގީ މި ޒަމާނުގަ ފެންތައްޓެއް ބޯލުންހާ ފަސޭހަކަމެއްކަން ރާއްޖޭގެ މިނިސްޓަރަކަށް ނޭނގުން އެއީ ލަދުވެތިކަމެއް.މިކަމުން ހާމަވަނީ ދުނިޔެއަށް އަދި މަހްލޫފް ލޯ ނުހުޅުވޭކަން.ވ.ވެދުން

މަޒް

ކުންފުނިތަކުގެ ސްޓޭމްޕަކީ ކޮންމެ ކޮންމެ ބަޔަކަށް ހެދޭނެ އެއްޗެއް.. މަހުލޫފު މޮޔަ ނުގޮވާ.. އަދާ މަހުލޫފުގެ ފޮޓޯ ޖަހާފަ ސްޓެމްޕް ހަދައިދޭނަން.. އެއްވެސް ކަމެއް ނޫން ކުންފުންޏެއްގެ ސްޓޭމްޕް ހަދާކަށް.. މިސާލަކަށް މުހުލޫފު މި ބުނަނީ ފައްޔާޒު ކައިރީގައި އެސްއޯއެފްގެ ސްޓެމްޕް ކޮޕީއެއް ދޭށޭ.. ދެން ފައްޔާޒު މަހުލޫފަށް އޭގެ ކޮޕީއެއް ދިނީއޯ.. ދެން މަހުލޫފު ގޮސް ސްޓޭމްޕް ހަދާ ތަނަކުން ސްޓޭމްޕެއް ހަދާލަންވީ އެއްކަލަ ކޮޕީ ދައްކާފައި.. ރާއްޖޭން ނުވެއްޖެއްޔާ ލަންކާއިން ގައިމުވެސް އެކަންވާނެ.. މަހުލޫފުމެން އަހަރުމެންނަށް އޮޅުވާލަން އުޅުނަސް އެކަމެއް ނުވާނެ.. ތިއޮތީ ހަމަ ސްޓޭމްޕް ހަދާފައި.. ލާރިވެސް ކެވިފައި..

ރީލޯޑުވަޒީރު

ކޮންމެ ވާހަކައެއް ދެއްކިޔަސް ކަލޭ އެމްއެމްޕީއާރްސީން ވަގު ފައިސާ ނުކާ ކަމަށް މިގައުމުގެ އެކަކުވެސް ގަބޫލެއް ނުކުރާނެ. ދެން ދެއްކޭނީ ހުސް ބޭކާރު ވާހަކަ. އަޑެއް ނާހާނެ ދިވެހިންނެއް. ވަގެކޭ ހަމަ ކިޔާނީ.

ކިނބޫ

ކަލޭވަރު މީހަކު ނެތިގެން ކަލޭ ފަހަތުން ދުވަނީ.

ޙަސަނާ

މުބީން ޑޮލަރު ގަންނަން ދިޔައިމާ، އެޑޮލަރު މަހުލޫފުގެ އެކައުންޓަށް ވަންނަންޖެހުނީ ކީއްވެ؟ މުބީނުގެ އެކައުންޓެއް ނުވަތަ ވިޔަފާރީގެ އެކައުންޓެއް ނޯވޭތަ؟

ކިނބޫ

އެއްބަޔަކު އަނެއް ބަޔަކަށް ވަގަށްވެސް ގޮވާނެ، ހިމާޔަތްކުރާނެ، މައިނާރުގަ ދަތްވެސް އަޅާނެ، ފިރުމާވެސް ދޭނެ. ތީ ކޮންބައެއް؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345