ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިސްކިތް

ހުކުރުގެ ކުރިން މިސްކިތްތައް ހުޅުވަނީ

އަންނަ ހުކުރު ދުވަހުގެ ކުރިން މާލޭ ސަރަހައްދުގެ މިސްކިތްތައް ހުޅުވަން މަސައްކަތް ކުރާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިސްކިތްތައް ހުޅުވާނެ ދުވަހެއް އަދި ކަނޑަނާޅާ ނަމަވެސް އަންނަ ހުކުރު ދުވަހުގެ ކުރިން މިސްކިތްތައް ހުޅުވަން މަސައްކަތް ކުރާ ކަމަށެވެ.

މަޝްވަރާތަކަށް ފަހު މާލޭގެ މިސްކިތްތައް ހުޅުވާ، ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިން ނަމަވެސް ގައި ދުރުކަން ބަހައްޓަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ދެވަނަ ފަހަރަށް މިސްކިތްތައް ބަންދުކޮށް، ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހުގަ އެވެ. މިސްކިތްތައް އަލުން ހުޅުވާއިރު މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވޭތުވެދިޔަ ހަފުތާގައި ވަނީ 100 އިން ތިރިއަށް ގޮސްފަ އެވެ. ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ވެސް މިހާރު އަންނަނީ ލުއި ކުރަމުންނެވެ.