ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

ނަމާދުގެ ޖަމާއަތް ނުހަދާ މުއްދަތު އިތުރު ކޮށްފި

‏ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާއަތުގަައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތް މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މުއްދަތު އިތުރުކޮށްފަައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މުޅި ރާއްޖޭގައި ނަމާދުގެ ޖަމާއަތް މެދުކަނޑާލީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގައި ނަމާދުގެ ޖަމާއަތް ހެދުން ވަނީ މެދުކަނޑާލާފައެވެ.

މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާ ބަންގީގެ ފަހުގައި ދިވެހި ބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" މިގޮތަށް ދެ ފަހަރު ގޮވުމަށް އިމާމުންނަށް ވަނީ އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތް ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް ފަރުޟް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީހް ނަމާދު ކުރުމަށާ، ސުންނަތް ނަމާދު ކުރުން ގިނަކޮށް، ކީރިތި ގުރުއާން ކިޔަވައި މާތްﷲ ގެ ރަހުމަތަށް މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިއުފާރު ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.