ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިސްކިތް

މިސްކިތުގެ ޖަމާއަތް ހަފްތާއަކަށް ހުއްޓާލަން އަންގައިފި

މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގާ ކަމަށެވެ. އެއީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައެވެ. ޖަމާއަތުގެ ނަމާދުތައް ހުއްޓާލަން އެންގުމުން މާލެ ސަރަަހައްދުގައި އީދު ނަމާދުގެ ޖަމާއަތްވެސް ކެންސަލްވާނެ އެވެ.

މިއަދު ނެރުނު އެންގުމުގައި އިތުރު ފިޔަވަޅުތައްވެސް އަޅާފައިވެއެވެ. އެގޮތުން މާދަމާއިން ފެށިގެން މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

ޑައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަންވެސް ވަނީ ނިންމާފައެވެ.