ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ބުރާސްފަތި ދުވަހު ޓްރެކް ހުޅުވާލަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ޓްރެކް ބަންދު ކުރި ކުރުން ނިމުމަކަށް ގެނެސް ބުރާސްފަތި ދުވަހު ޓްރެކް ހުޅުވާލަން ހުއްދަ ދީފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު އެވެ. ނަމަވެސް ވަރަށް ގިނަ ފިޔަވަޅުތައް ދޫކޮށް ބައެއް ފިޔަވަޅުތައް ވަނީ ލުއިދޭން ނިންމާފައެވެ.

އެޗްޕީއޭއިން މިރޭ ބުނީ ބުރާސްފަތި ދުވަހުން ފެށިގެން ލިބޭ ލުއިތަކުގެ ތެރޭގައި ޕާކުތަކާއި ކުޅިވަރު ކުޅޭ ތަންތަން އަދި ދުވާ ޓްރެކްތައް ހުޅުވާލުން ހިމެނޭ ކަމަށެވެ. އެ ތަންތަން ހުޅުވާލާނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށެވެ. ޕާކްތައް ހުޅުވާލި ނަމަވެސް ކުޑަކުދިން ކުޅުމަށް ހަރުކޮށްފައިވާ ތަކެތި ބޭނުން ކުރުން މަނާވާނެ އެވެ.

މީގެ އިތުރުން ކާފިއު ވަގުތު ރޭގަނޑު 8 އިން ފަތިހު ހަތަރަކަށް ކުރުކުރުމަށް ވަނީ ނިންމާފައެވެ. ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅެން ފުލުހުން ދޫކޮށްފައިވާ ހާއްސަ ހުއްދަ އުވާލާ ހުއްދައާ ނުލައި އެ ގަޑިތަކުގައި ބޭރުގައި އުޅުމުގެ ހުއްދަ ދޭނެ އެވެ.

އަދި ބުރާސްފަތި ދުވަހު ނަމާދުގެ ޖަމާއަތް ފެށުމަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް އަދި ޖަމާއަތް ކުރިއަށް ގެންދާނީ ގައިދުރު ކަމާއެކުގައެވެ. މީގެ އިތުރުން ކާފިއު ނޫން ވަގުތު ހުރިހާ ވިޔަފާރިތަކެއް ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަވެސް ދިނުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން ކާފިއު ނޫން ވަގުތުތަކުގައި ޑައިނިންގެ ހިދުމަތް ދެވޭނެ އެވެ.

ކޮވިޑް ޖެހިފައި ތިބި މީހުން ބަލިން ފަސޭހަވިތާ 60 ދުވަސް ނުވާނަމަ އެފަދަ މީހުންނަށް ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އެއީ ހުރިހާ ރަށަަކަށް ނުވަތަ ވަކި ރަށްތަކަކަށް ދިން ލުޔެއް ކަމަކަށް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.

އަދި ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް އަލުން ޓޫރިސްޓް ވިސާ ދިނުމަށްވެސް ވަނީ ނިންމާފައެވެ. އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރަމުން ދިޔަ ވަގުތެއްގައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ވިސާ ދޫކުރުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.