ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދުނިޔޭގައި ތިންބިލިއަނަށް ވުރެ ގިނަ ވެކްސިން ދީފި

މުޅި ދުނިޔޭގައި އަންގާރަ ދުވަހުގެ ނިޔަލަށް ތިން ބިލިއަނަށް ވުރެ ގިނަ ކޮވިޑް ވެކްސިން ޖަހައިފި އެވެ. ޓްރެކިން ވެބްސައިޓް، "އަވާ ވޯލްޑް އިން ޑާޓާ" ބުނާ ގޮތުން ވެކްސިން ޖެހުމުގައި އެންމެ ކުރީގައި އުޅެނީ ޗައިނާ އެވެ. އެ ގައުމުގައި ކޮވިޑަށް 1.21 ބިލިއަން ޑޯޒް ދީފައި ވެއެވެ. ދެވަނާގައި އޮތީ އިންޑިއާ އެވެ. އެއީ 329.3 މިލިއަން ޑޯޒެވެ.

ކޮވިޑަށް ވެކްސިން ޖެހުމުގައި ގައުމުތަކުގެ މެދުގައި ހުރި ތަރުތީބަކީ، އެމެރިކާ 324.41 ޑޯޒް، ބްރެޒިލް 96.91 މިލިއަން، އިނގިރޭސިވިލާތް 77.4 މިލިއަން، ޖާރުމަނު 77.81 މިލިއަން، ފްރާންސް 52.47 މިލިއަން އަދި އިޓަލީ 50.45 މިލިއަން ޑޯޒެވެ. ތުރުކީ އޮތީ ނުވަ ވަނާގަ އެވެ. އެއީ 48.74 މިލިއަނެވެ. ތުރުކީގެ އިދާރާތަކުން ބުނާ ގޮތުން ކޮންމެ ހަތަރު މީހަކުން އެކަކަށް އެ ގައުމުގައި މިހާރު ވަނީ ވެކްސިން ދެވިފަ އެވެ.

ދުނިޔޭގައި އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް ވެކްސިން ދީފައި ވަނި ޔުނައިޓެޑް އަރަބް އެމިރޭޓްސްގަ އެވެ. ދެވަނާގައި އޮތީ މޯލްޓާ އެވެ. ގައުމުތައް ދެން ތަރުތީބު ކޮށްލުމުން ކުރީގައި އޮތީ ސީޝެލްސް އެވެ. އެއަށް ފަހު ސަން މާރިނޯ އާއި ބަހުރޭން، އިޒްރޭލު، ޗިލީ، ޔޫކޭ މޮންގޯލިއާ، އައިސްލޭންޑް، އުރުގުއޭ، ގަތަރު އަދި ހަންގޭރީ އެވެ.

ޑިސެމްބަރު 2019 ގައި ކޮވިޑް ފެތުރިގަތް ފަހުން 3.93 މީހުން 192 ގައުމަކުން ވަނީ މަރުވެފަ އެވެ. އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 181.48 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވެއެވެ.

ގައުމުތަކުން މިހާރު މަސައްކަތްކުރަނީ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ނަމަވެސް ވެކްސިން ދެވޭތޯ އެވެ. އެހެން ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން މި މަސައްކަތްތަކަށް ދުވަސްތަކެއް ހޭދަވާނެ އެވެ.