ކުޅުދުއްފުށި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މަރާމާތުގެ ބޮޑުބައި ނިންމައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިންމައިފި އެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީއިން ބުނި ގޮތުގައި މަރާމާތުގެ މަސައްކަތުގެ 60 ޕަސެންޓް ވަނީ ނިމިފަ އެވެ. އަދި މިހާރު ކުރަނީ ވޯޑުތައް ހުންނަ އިމާރާތުގެ މަރާމާތެވެ.

ހެލްތު މިނިސްޓްރީން 30 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ހަވާލު ކުރި މި މަަސައްކަތުގައި ލެބޯރެޓަރީ އަކާއި ވޯޑް އިމާރާތެއް އެޅުމާއެކު އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ހަ މަސްދުވަހުން ނިންމަން ހަވާލުކުރި މަޝްރުއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގަ އެވެ.