މީޑިއާނެޓް މަލްޓި-ސްކްރީނުން ގެނެސްދޭ ލަމްސް ކިޗަންގެ އެންމެ ފަހު އެޕިސޯޑު މާދަމާ ދައްކަން ވަނީ ތައްޔާރު ވެފަ އެވެ.
ކާމިޔާބު ކަމާއެކު ލަމްސް ކިޗަންގެ 11 އެޕިސޯޑު މިހާތަނަށް މީޑިއާނެޓުން ވަނީ ގެނެސްދީފަ އެވެ. މާދަމާ ދައްކާ ފިނާލޭ އެޕިސޯޑު ވާނީ މި ޕްރޮގްރާމުގެ 12 ވަނަ އެޕިސޯޑަށެވެ. ސޯގެ އެންމެ ފަހު އެޕިސޯޑުގައި ބައިވެރި ވާނީ ފިލްމީ ތަރި ރިޝްފާ އަދި އަޒޭ އެވެ.
ލަމްހާ ލަތީފް ހުށަހަޅައިދޭ މި ޝޯ ކުރިއަށް ގެންދަނީ ގިނަ ފަންނާނުން ބައިވެރި ކޮށްގެންނެވެ. ފަންނާނުންގެ ކެއްކުމުގެ ހުނަރާއެކީ ޝޯ ކުރިއަށް ގެންދަނީ މަޖާ ވާހަކަތަކުގެ ތެރެއިންނެވެ.
މި ޝޯގެ އެޕިސޯޑުތައް ކޮންމެ ވަގުތެއްގައި ވެސް މަލްޓި-ސްކްރީނުން އަދި އެމްއެސްޓީވީ އިން ބަލައިލެވޭނެ އެވެ.
މި ޝޯއިން މީގެ ކުރިން އަބްދުﷲ މުއާޒު، ރަވީ ފާރޫގު އަދި ނިއުމާގެ އިތުރުން ޝައްމޫން އާއި މަރިޔަމް މައީޝާ އަދި މީރާ މުހައްމަދު ފަދަ ތަރިން ފެނިގެން ގޮސްފައި ވެއެވެ.
މީޑިއާނެޓަށް އާ ކަސްޓަމަރުން ނުވަތަ ލޯކަލް ޕެކޭޖް ބޭނުންކުރާ ކަސްޓަމަރުން 150 ރުފިޔާއަށް އެމްއެސް ކޮމްބޯއަށް ސަބްސްކްރައިބް ކުރުމުން ލައިވް ޓީވީ ޗެނަލްތަކުގެ އިރުން ވީޑިއޯ އޮން ޑިމާންޑްގައި ހިމެނޭ ފިލްމް އަދި ސީރީސްތަށް ބަލައިލެވޭނެ އެވެ. އަދި ބޭސިކް ނުވަތަ ފެމިލީ ޕެކޭޖް މިހާރު ގެންގުޅޭ ފަރާތްތަކަށް 100 ރުފިޔާއިން އެމްއެސް ވީއޯޑީއަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. މީޑިއާނެޓްގެ 'ވޯންޓް އިޓް އޯލް' ޕެކޭޖް ބޭނުންކުރާ ކަސްޓަމަރުންނަށް 50ރ. އެމްއެސް ވީއޯޑީ އަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.
މިހާރު އެއްވެސް ދައްޗަކާ ނުލާ މީޑިއާނެޓު ވައިފައި ހޮޓްސްޕޮޓަށް ކަނެކްޓުކޮށްގެންވެސް މަލްޓިސްކްރީން ބަލާލެވޭނެ އެވެ.
ކުޑަ ސްކުރީނުން ނުބަލާ އެމްއެސްޓީވީ މެދުވެރިކޮށް ޔޫއެޗްޑީ ޓީވީ އިންވެސް ވީއޯޑީ ކޮންޓެންޓް އަދި ލައިވް ޗެނަލްތަށް ބަލައިލެވޭނެއެވެ. އެމްއެސްޓީވީ އެޕްލިކޭޝަން ގޫގްލް ޕްލޭސްޓޯރުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މީޑިއާނެޓުން މައުލޫމާތުދެ އެވެ.