ދިރާގު

ދިރާގު ރޯދަ ޑޭޓާ ބަންޑަލްގެ ފައިސާ ތެލަސީމިއާ ސޮސައިޓީއަށް

Jul 1, 2021

ދިރާގު ރޯދަ ޑޭޓާ ބަންޑަލްއިން ލިބުނު ފައިސާ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާކޮށްފި އެވެ.

ދިރާގުން މި އަހަރުގެ ރޯދަ މަހާއި ފިތުރު އީދަށް ހާއްސަ ކޮށްގެން ތައާރަފުކުރި ޑޭޓާ ބަންޑަލްތައް ލިބުނު ފައިސާގެ 10 ޕަސެންޓް ވަނީ ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކޮށްފަ އެވެ. އެގޮތުން މި އަހަރުގެ މި ޑޭޓާ ބަންޑަލް ތަކުން ލިބުނު 313,235ރ. ވަނީ ހަދިޔާ ކޮށްފަ އެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމް ވިދާޅުވި ގޮތުގައި ދިރާގަކީ ދިވެހި ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިންސުރެ ވެސް އެހީތެރިވަމުން އަންނަ އެއް ކުންފުނި ކަމަށާއި، ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ދިރާގުގެ ފަރާތުން އެކި ގޮތްގޮތުން އެ ސޮސައިޓީއަށް ލިބުނު އެހީތެރިކަމުގެ ސަބަބުން ގިނަ ގުނަ ފައިދާއާއި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ދިރާގުން ވަނީ ފާއިތުވި އަހަރުތަކުގައިވެސް އެކި ޖަމިއްޔާތަކަށް ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ 10 ޕަސެންޓް ހަދިޔާ ކޮށްފަ އެވެ.