އިންޑިއާ

ދެކޮޅަށް ހަބަރު ފަތުރާ މީޑީއާތަކަށް ފިޔަވަޅު އަޅަން އެދިއްޖެ

އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް އިންޑިއަން ހައި ކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެދިއްޖެ އެވެ.

ހައި ކޮމިޝަނުން އެކަމަށް އެދި ފޮރިން މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީ އަވަސް އަށް ވަނީ ލިބިފަ އެވެ.

އެ ސިޓީގައި ބުނެފައިވަނީ ރާއްޖެގެ ބައެއް މީޑިއާ ތަކުން ހަބަރު ފަތުރާ ގޮތާ މެދުގައި ކަންބޮޑުވާ ކަމަށެވެ. އިންޑިއާއާ ގުޅިގެން ރިޕޯޓް ކުރާ ބައެއް ހަބަރުތަކުގެ ސަބަބުން ހައި ކޮމިޝަންގެ މަސައްކަތައް އުނދަގޫވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމިޝަނަޝާއި އިންޑިއާއިން ރާއްްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރްގެ ކަރާމާތައް ބުރޫ އަރާ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން އިންޑިއާއާ ދެކޮޅަށް ހަބަރު ފަތުރާ މީޑިއާތަކަށް ފިޔަވަޅު އެޅުމަށް އެދޭ ކަމަށް ހައި ކޮމިޝަނުންގެ ސިޓީގައި ބުނެފައިވެ އެވެ.

މިމައްސަލާގައި އަވަސް އިން ސުވާލުކުރުމުން ފޮރިން މިނިސްޓްރީން ބުނީ މިމައްސަލާގައި ވާހަކަދައްކަން ބޭނުންވާ ކަމަށެވެ.

އިންޑިއަން ހައި ކޮމިޝަނުން ވެސް ބުނީ މި މައްސަލައަކީ ދެ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައަކަށް ވުމުން ހައި ކޮމިޝަނުން ވެސް އެއްޗެކޭ ބުނަން ބޭނުން ނުވާ ކަމަށެވެ.