ސިވިލްސާވިސް ކޮމިޝަން

ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް 511 މީހަކު ކުރިމަތިލައިފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް 511 މީހަކު ކުރިމަތިލައިފި އެވެ.

ސިވިލް ސާވިސްގެ ގާނޫނު ބުނާ ގޮތުން ކައުންސިލް އިދާރާތަކުގެ ސިވިލް ސާވިސްގެ އެންމެ އިސް ވެރިއަކީ ސެކްރެޓަރީ ޖެނެރަލް އެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލީ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.

ސީއެސްސީން ބުނީ ޖޫން 28 ގެ ނިޔަލަށް ސުންގަޑި ހަމަވިއިރު ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 54 އެޕްލިކޭޝަން އަދި އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 86 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެެނެރަލްގެ މަގާމަށް 317 އެޕްލިކޭޝަން ލިބިފައިވާ ކަަމަށެވެ.

ކައުންްސިލްގެ ލަފާގެ މަތިން ކައުންސިލްގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުވެސް އަސާސްތަކުން ޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ގާނޫނުގައިވެއެވެ.

ލޯކަލް ކައުންސިލް ތަކުގެ ސެކްރެޓަރީ ޖެނަރަލުންގެ މަގާމަށް އަންނަ މަސް ނިމުމުގެ ކުރިން ބޭފުޅުން އައްޔަންކޮށް ނިންމާލެވޭނެ ކަމަށް ސވިލް ސާވިސް ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ.