އާރުއޯއެލް

އާރުއޯއެލް އިން އިންޓަނެޓުގެ އަގުހެޔޮ ކޮށް، ބޮޑު ބަދަލެއް

ސަރުކާރުން އިއުލާނުކުރި "ހެޔޮނެޓު"ގެ އަގުތަކާ އެއްގޮތަށް އާރްއޯއެލްގެ އާ ފައިބާ ބްރޯޑްބޭންޑް ޕްލޭންތައް އަގުހެޔޮކޮށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

ރާއްޖޭގައި ގިނަ ބަޔަކު ބޭނުންކުރާ އާރްއޯއެލްގެ ޕްލޭންތަކަށް ބަދަލު ގެނެސް ތައާރަފްކުރި މި ޕްލޭންތަކާއެކު މިހާރުގެ އެލަވަންސް ހުރި ވަރަށް ވުރެ ގާތްގަނޑަކަށް 300 ޕަސެންޓް ވަނީ އިތުުރުކޮށްފަ އެވެ. އަދި ގިނަ ބަޔަކު އިންޓަނެޓު ބޭނުންކުރާ ރޭގަނޑުގެ ގަޑިތަކާ ދިމާކޮށް، ހާއްސަކޮށް އިންޓަނެޓް ސްޕީޑް އެ ކުންފުނިން ވަނީ ހަލުވިކޮށްލާފަ އެވެ.

އިންޓަނެޓު އެންމެ ގިނައިން ބޭނުންކުރާ ރޭގަނޑުގެ ވަގުތަށް ތައާރަފް ކުރި ބޭންޑްވިތަކީ މާކެޓުގައި ލިބޭނެ އެންމެ ފުރިހަމަ ހިދުމަތްކަމަށް އެ ކުންފުނިން ބުނެ އެވެ.

އާރްއޯއެލް ޕެކޭޖުތަކަށް އިތުރު އެލަވަންސާއެކު ނެޓަށް ބޮޑު ބަދަލެއް ގެނައިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އިންޓަނެޓް އަގު ހެޔޮކުރުމުގެ ސިޔާސަތަށް މިއަދު ވަނީ އަމަލު ކުރަން ފަށާފަ އެވެ. މިހާރު ނެޓަށް ގެނެސްފައިވާ ބަދަލާއެކު ގޭގެ އަށް މިހާރު ދޭ އިންޓަނެޓުގެ ތިން ޕެކޭޖެއްގެ އަގު އެވްރެޖްކޮށް 30 ޕަސެންޓް ހެޔޮކޮށްފައިވެ އެވެ.