ވިޔަފާރި

އެލައިޑުން ލޭމްގެ މެންބަރުންނަށް ހާއްސަ އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކޮށްފި

Nov 17, 2015

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ މެންބަރު ކުންފުނިތަކަށް އަގު ހެޔޮ އިންޝުއަރެންސް ޕެކޭޖެއް އެލައިޑު އިންޝުއަރެންސުން ތައާރަފުކޮށްފި އެވެ.

ލޭމްގެ ރައީސް ހަސަން ހަލީމް ވިދާޅުވީ ހާއްސަ ބެނިފިޓްތައް ހިމެނޭ ގޮތައް ތައާރަފު ކުރި މި ޕެކޭޖުގެ ސަބަބުން މެންބަރު ކުންފުނިތަކަށް އިންޝުއަރެންސްގެ ހިދުމަތް ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

"މި ޕެކޭޖުގެ ދަށުން ލޭމްގެ 80 ކުންފުނީގެ 100 އަށްވުރެ ގިނަ ސަފާރީތަކަށް އިންޝުއަ ހިދުމަތް ހޯދުމަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ،" ހަސަން ވިދާޅުވި އެވެ.

ލޭމަށް ހާއްސަކޮށްގެން އެލައިޑުން ތައާރަފުކޮށްފައިވާ މި ޕެކޭޖުން އެއް މިލިއަން ޑޮލަރާއި ދެ މިލިއަން ޑޮލަރާ ހަމައަށް އިންޝުއަ ކުރެވެ އެވެ. އަދި މި ޕެކޭޖުގައި ސަފާރީ އެހެލުމުން ވެސް ހާއްސަ ޕެކޭޖެއް ލިބެ އެވެ.

ލޭމް އިން ވަނީ މީގެ ކުރިން އެ ޖަމިއްޔާގެ މެންބަރުން ހާއްސަ ޕްރިވިލެޖް ކާޑެއް ވެސް ތައާރަފު ކޮށްފަ އެވެ.މި ކާޑު ލިބޭ މެންބަރުންނަށް ހާއްސަ ޑިސްކައުންޓެއް ލިބެ އެވެ.