ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓެކްނޯލޮޖީ

ކޮވިޑް ދެނެގަންނަ މާސްކެއް އުފައްދައިފި

އަޅައިގެން ހުންނަ މާސްކުން ކޮވިޑް-19 ވައިރަސް ދެނެގަނެވޭނެ ޑިވައިސްއެއް އުފައްދައިފި އެވެ.

މި ޑިވައިސް އުފެއްދީ މަޝްހޫރު ދެ ޔުނިވާސިޓީ ކަމަށްވާ އެމްއައިޓީ އަދި ހާވާޑްގެ ޓީމެއް ގުޅިގެންނެވެ. މި ޑިވައިސް ފަރުމާ ކޮށްފައި ވަނީ މާސްކެއްގައި ހަރު ކުރެވޭ ގޮތަށެވެ.

މި ޑިވައިސްގައި ވާ ފިތަކަށް އޮބާލުމުން، މާސްކް އަޅައިގެން ހުންނަ މީހާ ލާ ނޭވަގައި ވަކި ވައްތަރެއްގެ ޖަރާސީމެއް ނުވަތަ ވައިރަސްއެއް ހުރިތޯ ބަލާ ޗެކް ކުރެ އެވެ. އަދި 90 މިނިޓު ތެރޭ ނަތީޖާ އަންގައި ދޭނެ އެވެ. މި ޓެސްޓަކީ މިހާރު ހަދަމުންދާ ޕީސީއާރު ޓެސްޓާ، ފެންވަރުގެ ގޮތުން ގާތްކުރާ ޓެސްޓެކެވެ.

މި ޑިވައިސް ފަރުމާކޮށް މިހާރު ކޭއެން95 މާސްކު ތަކުގައި ބޭނުން ކުރަމުން ދެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މާސްކް ތަކުގައި މި ޑިވައިސް ހަރުކޮށް، ބޭނުންވާ ފަރާތްތަކަށް ފޯރު ކޮށްދެމުން ދާނެ އެވެ.

މި ޑިވައިސްއިން މިހާރު ކޮވިޑް-19 އަށް ޓެސްޓްކުރި ނަމަވެސް މުސްތަގުބަލުގައި އެހެން ވައިރަސްތަކާއި ޖަރާސީމުތައް މި ޑިވައިސްއިން ދެނެގަނެވޭނެ ގޮތް ހެދުމަށް މި ޑިވައިސް އުފެއްދި ޓީމްއިން މަސައްކަތް ކުރެ އެވެ.