ދިރާގު

ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބަދަލެއް

Jul 5, 2021

ދިރާގުގެ ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ. މި ބަދަލުތަކާއެކު މި މަހުން ފެށިގެން ބިޒް ފައިބާ ހިދުމަތުން ކުރިއަށްވުރެ ގިނަ ކަންތައްތައް ކުރެވޭނެ އެވެ.

އާ ބަދަލާއިއެކު އިތުރު ހަރަދަކާ ނުލާ 40 ޕަސެންޓާއި 150 ޕަސެންޓާއި ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އަދި ބައެއް ކަސްޓަމަރުންނަށް 100 ޕަސެންޓާ ހަމައަށް އިތުރު ސްޕީޑް ލިބޭނެ އެވެ. ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުން ޕެކޭޖަށް އައިސްފައިވާ ބަދަލުތައް ދިރާގު ވެބްސައިޓުގައިވާ ޕެކޭޖް ޗެކާ އިން ބަލައިލެވޭނެ އެވެ.

މި ހިދުމަތަކީ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން އެންމެ ރަނގަޅު ސްޕީޑް، އެންމެ ގިނަ އެލަވަންސް އަދި އެ އެލަވަންސަށް ލިބޭ އެންމެ ހެޔޮ އަގުގައި ފޯރުކޮށްދޭ އިންޓަނެޓް ހިދުމަތްތައް ކަމަށް ދިރާގުން ފާހަގަ ކުރެ އެވެ. މި ޕެކޭޖްތަކަކީ އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން އެންމެ ބޮޑު ވިޔަފާރިތަކުގެ އިންޓަނެޓް ބޭނުންތަކަށް ވެސް އެށީގެންވާ ގޮތަށް ފަރުމާ ކޮށްފައިވާ ޕެކޭޖެތަކެކެވެ.