ފިނިޕޭޖް

ޑިލިޕް ކުމާރު މަރުވެއްޖެ

ބޮލީވުޑްގެ ތަރި ޑިލިޕް ކުމާރު, މަރުވެއްޖެ އެވެ. އިންޑިއާގެ މުމްބާއީގައި އޭނާ މިއަދު މަރުވީ "ދޮށީބަލީ" ގައި އުމުރުން 98 އަހަރުގަ އެވެ.

ޕާކިސްތާނަށް އުފަން މުހައްމަދު ޔޫސުފް ހާން އަދި ފަހުން ދިލިޕްގެ ނަމުގައި މަޝްހޫރުވެ ގިނަ ފިލްމަތަކެއްް ކުޅުނު ޑިލިޕް ކުމާރަކީ 1940 އިން ފެށިގެން ގިނަ އަހަރުތަކުގައި ބޮލީވުޑުގައި އެންމެ ފާހަގަ ކޮށްލެވުނު އެއް ތަރި އެވެ. ދިލިޕް މަރުވުމާ ގުޅިގެން އިންޑިއާ އާއި ބޮލީވުޑް ވަނީ ފުން ހިތާމައެއްގަ އެވެ. ސްޓްރުންނާއި އިންޑަސްޓްރީގެ އިތުރުން މުޅި އިންޑިއާ ދަނީ ތައުޒިޔާ ކިޔައި ހިތާމަ ފާޅު ކުރަމުންނެވެ

ދިލްޕަކީ މޭވާ ވިއްކާ މީހެއްގެ މަސައްކަތުން މަސައްކަތުން ހަޔާތެއް ފަށައި ބޮލީވުޑުން ޖާގަ ހޯދައި ކާމިޔާބަށް އުނދަގުލުން ވާސިލުވެ މުނިފޫހިފިލުވައި ދިނުމުގައި ލޯތްބެއް ހާސިލު ކުރި ވަރުގަދަ ސްޓާރެކެވެ. ބޮލީވުޑްގައި އޭނާ 50 އަހަރުގެ ދިގު މުއްދަތެއް ހޭދަކުރީ އެންމެ ކާމިޔާބު އެއް އެކުޓަރުގެ ގޮތުގަ އެވެ.