ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކާފިއު އުވާލަން ނިންމައިފި

Jul 7, 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު މާދަމާ އިން ފެށިގެން އުވާލުމަށް ނިންމައިފި އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ކާފިއު އިއުލާން ކުރީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު އެވެ.

ކާފިއު ގަޑީގެ ގޮތުގައި މިހާރު ހަމަޖައްސާފައިވަނީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށެވެ.

ކާފިއު ގަޑީގައި ބޭރަށް ނިކުމެވެނީ ހާއްސަ ހުއްދަ އަކާ އެކު އެވެ. ހުއްދަ ނެތި ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ވެސް ކުރަމުންދެ އެވެ.

އެކަމަކު މާދަމާ އިން ފެށިގެން ކާފިއު އުވާލުމަށް ނިންމާފައިވާތީ ވަކި ހާއްސަ ހުއްދައެއް ނެތި ކޮންމެ ގަޑިއަކު ވެސް ބޭރަށް ނިކުމެވޭނެ އެވެ.

ކާފިއު އުވާލުމާ ގުޅިގެން އާންމު ހިދުމަތްދޭ ފިހާރާތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ވެސް އާންމު އުސޫލުގައި ހުޅުވައިގެން ހިދުމަތް ދޭ ގަޑީގައި ހިދުމަތް ދެވޭނެ އެވެ. އަދި ހާއްސަ ގައިޑްލައިނާ އެކު ސިނަމާތައް ވެސް ހުޅުވާލަން ވަނީ ނިންމާފަ އެވެ.

ކާފިއު އުވާލާފައި މިވަނީ ކޮވިޑް ކޭސްތައް ފެންނަ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ވަގުތެއްގަ އެވެ.