އެޗްއާރްސީއެމް

އެޗްއާރުސީއެމްގެ މެމްބަރުކަމަށް 14 ނަމެއް

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެމްބަރުގެ މަގާމަށް 14 ނަމެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހެއް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަން ކުރަން މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އިއްވާފަ އެވެ.

ހުށަހެޅުއްވި ނަންތައް

  • ސަމާއު އަހުމަދު ނަޖީބް (އަސޭގެ/ ގދ. ތިނަދޫ)
  • އަހުމަދު އަމީޒް (ޖޭމުގަސްދޮށުގެ/ ގދ. ހޯނޑެއްދޫ)
  • މުސްތަފާ ހަމީދު (ކަނީރުމާގެ/ރ. އަނގޮޅިތީމު)
  • ޝަރުމީލާ އަބްދުލް ގަފޫރު (ދިލްކަޝްގެ/ ޅ. ހިންނަވަރު)
  • އިބްރާހިމް ހަމްޒާ ހަލީލް (ގ. ސުރުމުތި)
  • ފާތުމަތު ސައުސަން (މ. ވެންކޫވާ)
  • އަހުމަދު ނަޝީދު ހުސެއިން (ދަފްތަރު)
  • މުހައްމަދު ސުނާދު އަހުމަދު ލަތީފް (މއ. އުރަދު)
  • ޝުކުރުﷲ ޝަކީލް (ސިޔާމާ މަންޒިލް)
  • ޑރ. މުހައްމަދު އިބްރާހިމް (ޖަވާހިރު އައްސޭރި/ އދ. މާމިގިލި)
  • ހަސަން ރަޝީދު (ފުލާވާގެ/ ސ. މަރަދޫ)
  • މަރިޔަމް ސައީދާ އިބްރާހިމް (މ. ކޮކާހަނދުވަރުގެ)
  • ޑރ. އައިޝަތު އިކްރާމް (މ. ކާނިމާގެ)
  • އިބްރާހިމް ތައްޔިބް ( ކުއްޅަވައްގެ/ ސ. ހުޅުދޫ)

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ހުޅުވާލީ އެ ކޮމިޝަންގެ ކުރީގެ މެމްބަރު ނައިވީން އަބްދުﷲ ގެ ދައުރު ހަމަވެ އެ މަގާމު ހުސްވުމުން ނެވެ.

އެޗްއާރުސީއެމް އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ނަމަވެސް މިވަގުތު ތިއްބެވީ ހަތަރު މެމްބަރުން ނެވެ. އަދި ކޮމިޝަންގެ ރައީސްއާއި ނާއިބު ރައީސްއެއް ނެތެވެ.

އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބަވަނީ ޑރ. އަދުހަމް އަބްދުﷲ އާއި މަރިޔަމް މުނާ އަދި މޫމިނާ ވަހީދުގެ އިތުރުން އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގް އެވެ.