މޫސުން

އާދިއްތާގައި ވިއްސާރަ އަލިވާން ފަށާނެ: މެޓް

ވިއްސާރަ ދުވަހެއް -- ފޮޓޯ: އަވަސް
0%
0%
0%

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަންނަ އާދިއްތަ ދުވަހު އަލިވާން ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރާއްޖޭގެ މުސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓްގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު މެދުއަތޮޅުތަކާއި އުތުރުގެ އަތޮޅުތަކަށް ވަރަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވެސް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށެވެ.

އާދިއްތާގައި ވިއްސާރަ އަލިވާން ފަށާނެ ކަމަށާއި ނަމަވެސް ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހުސެން ވިދާޅުވި އެވެ. ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ހުސައިން އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވަނީ މޫސުމީ އިންޒާރު ނެރެފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345