ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އައިއައިޔޫއެމް އެލުމްނައި ލީޑާޝިޕް އެވޯޑު ޝަހީމަށް

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) ގެ އެލުމްނާއި ލީޑަޝިޕް އެވޯޑް ރާއްޖޭގެ އިލްމުވެރިޔާ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިެއްޖެ އެވެ.

އައިއައިޔޫއެމްގެ ކުރީގެ ދަރިވަރު އަދި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ކަަމާއި އޯއައިސީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝަހީމަށް 2021 ވަނަ އަހަރުގެ މި އެވޯޑް ލިބި ވަޑައިގެންނެވި އިރު މި އެވޯޑަކީ ކޮންމެ އަހަރަކު ވެސް ދޭ އެވޯޑެކެވެ. އަދި މި އެވޯޑް ދެނީ އައިޔޫއެމްގެ ކުރީގެ ދަރިވަރުންގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކޮއްލެވޭ މަސައްކަތްތަކާއި ލީޑަޝިޕް މަސައްކަތުގެ އަގު ވަޒަން ކުރުމަށެވެ.

މި އެވޯޑަކީ އެ ޔުނިވާސިޓީއިން ކުރީގެ ދަރިވަރުންނަށް ދޭ އެންމެ މަތީ ދަރަޖާއިގެ އެވޯޑެވެ،

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާކަން ވެސް ކުރެއްވެވި ޝަހީމް ވަނީ މި އެވޯޑު އޭނާއަށް ލިިބި ވަޑައިގެންނެވިކަން ކަށަވަރުކޮށް ދެއްވާފަ އެވެ. އޭނާއަށް މި އެވޯޑު ލިބި ވަޑައިގަތުމުން ވެގެން ރާއްޖެއިން މި އެވޯޑު ލިބި ވަޑައިގެންނެވި ފުރަތަމަ ބޭފުޅާއަށެވެ.

ކޮންމެ އަހަރަކު ބާއްވާ ކުލަ ގަދަ ހަފްލާއެއްގައި ދޭ މި އެވޯޑު، ކޮވިޑްގެ ސަބަބުން މިހާރު އޮންނަނީ އޮންލައިން ކޮށެވެ. މިއަހަރުގެ ހަފުލާ ބާއްވާ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.