ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ދިހަ ދުވަހަށް ފަހު ކޮވިޑްގައި މީހަކު މަރުވެއްޖެ

ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ރޭ މެންދަމު 3:00 ޖެހި އިރު މަރުވެފައިވަނީ 59 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެއީ ށ. އަތޮޅުގެ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެއް ކަމަށެވެ.

ރޭގެ އެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 214 އަށް އަރާފަ އެވެ. ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެފައި މިވަނީ 10 ދުވަސް ފަހުންނެވެ. އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވް ނަންބަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެފައި ވަނީ 90 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 23 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވް މީހުންގެ ތެރެއިން 58 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް ހަ މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.