ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ދީފި އެވެ. އެމީހާގެ ބަންދު މުއްދަތު ޖަހާފައި ވަނީ އިއްޔެ އެވެ.
މުލިއާގެ ގޮއްވާލާނެ ކަމަށް އިންޒާރު ދީގެން ހުކުރު ދުވަހު މެންދުރު ފަހު ދެ މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް އެތަނުން އެކަކު ވަނީ ހަމަ އެރޭ ދޫކޮށްލާފަ އެވެ. ހައްޔަރުގައި ހުރީ މުލިއާގެ ގޮއްވާލާނެ ކަމަށް އިންޒާރު ދިން މީހާ އެވެ.
އެ ދެ މީހުން ވަނީ ރައީސްގެ ރިޔާސީގެކޮޅު މުލިއާގެ ކައިިރީގައި ތިބެ އެ މީހުންގެ އަތުގައި އޮތް ފޮއްޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ އަޑު ގަދަ ކޮށްފަ އެވެ. އެ ގޮއްވާލާނެ ކަަމަށް އިންޒާރުކުރި ކަމަށް ވެސް ވެއެވެ. ސިފައިންނާއި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް އެ ދެ މީހުން ހައްޔަރު ކޮށްފަ އެވެ.